ވަގަށް ނަގާފައިވާ ސައިކަލަކާއި އެހެން ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި
ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މީހާ

ވަގަށް ނަގާފައިވާ ސައިކަލަކާއި އެހެން ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

10 hours ago - 12:51
Jun 15, 2025 - 12:51
Advertisement
Advertisement

ވަގަށް ނަގާފައިވާ ސައިކަލަކާއި އެހެން ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އ) އެވެ.

އިސްމާޢީލް ހަބީބު ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބެލިބެލުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން  އޭނާ އެވަގުތު އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއްވެސް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ އަތުން ފެނުނު ފޯނުތަކަކީ ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement