
އިޒްރާއިލް-އީރާން ހަނގުރާމައިގެ ތިންވަނަ ރެއަށް ހަމަލާތައް ވަރުގަދަކުރަން ފަށައިފި
އިޒްރާއިލް-އީރާން ހަނގުރާމައިގެ ތިންވަނަ ދުވަހު ރޭނގަޑާ ދިމާކޮށް ދެފަރާތުގެ ހަމަލާތައް ވަރުގަދަކޮށްފިއެވެ. ވެރިރަށް ތެޙްރާން އިން ގޮވުންތަކެއްގެ އަޑު އިވުންތާ މަދު އިރުކޮޅެއްގެ ތެރޭގައި އީރާނުންވަނީ މިސައިލް ފުންޏެއް އިޒްރާއިލްއަށް ފޮނުވާލާފައެވެ.
މެދުއިރުމަތީގެ މަޞްރަޙް އިންތިހާއަަށް ގޯސްވެފައި އޮށްވާ އެމެރިކާއިން އީރާން އާއި އިޒްރާއިލްގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ހައްލުކުރަން އެމެރިކާއިން އެކަމުގެ ތެރެއަށް ވަަރަށް އަވަހަށް ވަންނާނެކަަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ވެރިރަށް ތެހްރާންގެ ގިނަ ސިޓީިތަކަށް އާދިއްތަ ދުވަހުވެސް އިޒްރާއިލްއިންވަނީ ގިނަ ހަމަލާތަކެއް ދީފައެވެެ. ހަމަލާތަކުގައި މިހާތަނަށް އިރާނުން 406 މީހުން މަރުވެ 654 މީހުން ޒަހަމްވެފައިވާކަމަށް ވޮޝިންގަޓަންގައި ތިބޭ އިންސާނީ ހައްގުތަކާގުޅޭ އެކްޓިވިސްޓުންނާ ހަވާލާދީ އެސޯސިއޭޓަޑް ޕްރެސްގައި ރިޕޯޓްކޮށްފައި ވެއެވެ.
އިރާނުގެ ގިނަ މިސައިލްތަކެއް އިޒްރާއިލްގެ ދިފާއީ ނިޒާމް ފޫއަޅާުވާލާ ވެރިރަށް ތެލްއަވީވްގެ އިމާރާތްތަކަށްވެސް ވަނީ އަރާފައެވެ. އީރާނުން ދަނީ ބާރުގަދަ ހަމަލާތަކެެއް މިރޭވެސް އިޒްރާއިލްއަށް ފޮނުވުމަށް ތައްޔާރުވަމުން ކަމުގައި ރިޕޯޓްތައް ބުނެއެވެ.
އިޒްރާއިލްއިން ބުނެފައިވާގޮތުގައި އިރުމަތީ އީރާންގެ މަޝްދަދް އެއަރޕޯޓްގައި ތެޔޮއަޅަން އޮތް ހަނގުރާމަމަތީ ބޯޓަކަށް އިޒްރާއިލްގެ ވާނީ ހަމަލާދީފައެވެ. މީގެ އިތުރުން އީރާންގެ ޝިރާޒް އަދި އިސްފަހާންގެ އަސްކަރީ ބޭސްއަކަށް ވެސް އިޒްރާއިލް އިން ހަމަލާދީފައިވާނެކަމަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ ބުނެފައިވެއެވެ.
އިރާންގެ ވެރިރަށް ތެޙްރާންއިން އަލްޖަޒީރާގެ ރިޕޯޓަރު ތޯހިރް އަސާދީ ބުނި ގޮތުގައި 1988 ގެ އީރާން-އިރާޤު ހަނގުރާމައަށްފަހު މިއީ އީރާންއަށް އެންމެ ނުރައްކާތެރި މިިފަދަ ހަމަލާތަކެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ.
އީރާނުން އަންނަނީ ސްކޫލްތަކާއި މެޓްރޯ ސްޓޭޝަން އަދި މިސްކިތްތައްވެސް އާންމުން ބޯހިޔާވަހިކަން ހޯދުމަށް ހުޅުވާލަން ތައްޔާރުވަމުންނެވެ. އެކަމަކު މިސްކިތްތަކާއި ސްކޫލްތައް ރައްކާތެރި ނުވެދާނެކަަަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.
ރިއެކްޝަންސް






