އިންފުލުއެންޒާ ޖެހިގެން ފަރުވާ ދެމުންދަނިކޮށް ދިވެއްސަކު މަރުވެއްޖެ
އިންފުލުއެންޒާ ޖެހިގެން ފަރުވާ ދެމުންދަނިކޮށް ދިވެއްސަކު މަރުވެއްޖެ
އިންފުލުއެންޒާ ޖެހިގެން ފަރުވާ ދެމުންދަނިކޮށް ދިވެއްސަކު މަރުވެއްޖެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ބުނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވީ 35 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވެފައި ވަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދަނިކޮށްކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މިއީ އިންފުލުއެންޒާ ޖެހިގެން މިމަހު މަރުވި 2 ވަނަ މީހާއެވެ. އަދި އިންފުލުއެންޒާ ޖެހިފައިވާ 2 މީހެއްގެ ހާލުދެރަވެގެން ވެންޓިލޭޓަރުގައި މިހާރުވެސް ފަރުވާ ދެމުން އަންނަކަމަށް އައިޖީއެމްއެޗުން ބުނެއެވެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޯމަ ދުވަހު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަތަރު މަސް ތެރޭގައި އިންފްލުއެންޒާގެ 154 ވޭދަނައެއް ފެނިފައިވެއެވެ. މި މަހު އެކަނި ވެސް 19 މީހެއްގެ ގައިން މި ބަލި ފެނިފައިވެއެވެ. އެންމެ ގިނަ އިން ފެނިފައިވަނީ އިންފްލުއެންޒާ އޭގެ H1N1 އެވެ. ކާށިދޫ ޒުވާނާ ވެސް ފައްސިވީ އިންފްލުއެންޒާގެ މި ވައްތަރަށެވެ. މި ބަލި ޖެހިގެން މި މަހު ވެސް ޒުވާން ފިރިހެނަކު ނިޔާވެފައިވެއެވެ.
އިންފުލުއެންޒާ ވެކްސިނަކީ ފްލޫ އާއި ނިއުމޯނިއާ އާއި ހިތުގެ މައްސަލަ އާއި ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. އެ ވެކްސިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނަށް ދެ ޑޯޒް އަދި އެ އަށް ވުރެ އުމުރުން ދޮށީ ނަމަ އެއް ޑޯޒް ދޭން ޖެހެއެވެ.
އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ވައިރަލް ހުމާއި އަރިދަފުސް ރޯގާ ޖެހުން ހިމެނެއެވެ. ރޯގާ އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހުން ކިނބިހި އެޅުމާއި ކެއްސުމުގެ ތެރެއިން ޖަރާސީމު ބޭރުވެ އެހެން މީހެއްގެ ހަށިގަނޑަށް ޖަރާސީމު ވަނުމުންނެވެ.
އެފަދަ ޖަރާސީމެއް ހުރި ތަނަކު އަތްލެވިއްޖެ ނަމަވެސް އެ ޖަރާސީމެއް ހަށިގަނޑުގެ ތެރެއަށް އެތެރެވުމުގެ ފުރުސަތު ލިބިއްޖެނަމަ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ރިއެކްޝަންސް