
ދަރިފުޅާއި މަންމަގެ މަރާ ގުޅިގެން ގއ. ވިލިގިލީގައި ހިމޭން އިޙްތިޖާޖެއް
ގއ. ވިލިގިލީގައި ހުންނަ އެ އަތޮޅު, އަތޮޅު ހޮސްޕިޓަލްގައި ފަރުވާދިނުން ލަސްވެ ބަނޑުގައިވާ ދަރިފުޅާއެކު ޒުވާން މަންމައަކު ނިޔާވެ ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން އެރަށުގައި ހިމޭން އިޙުތިޖާޖެއް ކޮށްފިއެވެ. ޝިއުނާ އާއި ދަރިފުޅު ނިޔާވީ މިދިޔަ ބުދަ ދުވަހު އެވެ.
ހޮސްޕިޓަލްއިން ދެމައިންނަށް ފަރުވާ ދިނުމުގައި ބޮޑެތި ގޯސްތަކާއި އިޙްމާލު ގިނަ ކަން ފާހަގަކޮށް އާއިލާއިން, ޙާއްސަކޮށް ނިޔާވި ޝިއުނާގެ ފިރިމީހާ ވަނީ އެކަން ހިނގާދިޔަ ގޮތް މީޑިއާޔަކުގައި ތަފްޞީލްކޮށްދީފައެވެ.
އާއިލާ އަދި މުޅި ރަށަށްވެސް ލިބުނު ބޮޑު ހިތާމައާއެކު މިއަދު އެރަށުގެ ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުރި ހިމޭން އިޙުތިޖާޖުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށް ޕޯސްޓަރުތައް ބޭނުންކޮށްފައި ވެއެވެ. ޕޯސްޓަރުތަކުގައި ހޮސްޕިޓަލްއިން ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ތަނުގެ ހުރިހާކަމެއް މުރާޖައާކޮށް ބޮޑެތި އިސްލާހް ގެންނަންޖެހޭކަމަށް ބުނެފައި ވެއެވެ. އަދި މޯލްޑިވިއަން އިން ފައިދާ ހޯދުމަށްވުރެ ބޮޑަށް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން އިސްކަން ދިނުމަށާއި, އަދި މަރުހޫމާ ޝިއުނާ އާއި ދަރިފުޅު އަދި އާއިލާއަށް އިންސާފު އަވަސްކުރުމަށްވެސް ގޮވާލާ މެސެޖްތައް ހިނެމޭ ޕޯސްޓަރު ތައް ހިފައިގެން ގިނަ ބަޔަކު ތިއްބެވެ.
ފާއިތުވި އަހަރު ޖެނުއަރީ މަހުވެސް ހަމަ އެރަށުން 13 އަހަރުގެ ކުއްޖަކު ހާލު ދެރަވެގެން އަވަސް ފަރުވާއަށް މާލެ ނުގެނެވި ލަސްވެ, އައިޖީއެމްއެޗްއަށް ގެނައުމަށްފަހު ނިޔާވި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.
އާއިލާއިން އެފަހަރުވެސް ބުނިގޮތުގައި ބުދަ ދުވަހު ވެންޓިލޭޓަރަށްލީ ކުއްޖާ މާލެގެއަނައުން ލަސްވެ އެންމެ ފަހުން މާލެ ގެނެވުނީ ޖެހިގެން އައި ދުވަހުގެ އިރުއޮށްސެން އުޅެނިކޮށެވެ. އެމަރުގައިވެސް އިހުމާލްތަކެއްވާކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.
ރިއެކްޝަންސް






