އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ނުކުރަން- އެއަޕޯރޓްސް ކޮމްޕެނީ
އެމްއޭސީއެލްގެ އާ ޓާމިނަލް ހުޅުވުމަށް މުވައްޒަފުން ތައްޔާރުވަނީ: ފޮޓޯ-އެމްއޭސީއެލް

އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ނުކުރަން- އެއަޕޯރޓްސް ކޮމްޕެނީ

5 hours ago - 22:43
Jul 7, 2025 - 22:43
Advertisement
Advertisement

އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ނުކުރާކަމަށް މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީން ބުނެފިއެވެ. މިޔަގީންކަން އެކުންފުނިން ދިނީ މިރޭ ޢާއްމުކުރި ނޫސް ބަޔާނެއްގައެވެ.

މިފަދަ ނޫސްބަޔާނެއް އެކުންފުނިން ނެރެފައިވަނީ އެއަޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެއަޕޯރޓްސް ކޮމްޕެނީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިންގެ ވިންދާ ނުގުޅޭ ޒާތުގެ އެއްވެސް ކަމެއް އެކުންފުނިން ނުކުރާނެ ކަމަށެވެ. އަދި ފާއިތުވި ތަނުގައިވެސް ކޮށްފައި ނުވާނެ ކަމަށެވެ.

"ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާ ގުޅުންހުރި ނުވަތަ އިޒްރޭލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާއި މިކުންފުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެއެވެ.: އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ދައުރުކުރަމުންދާ ވާހަކައަކީ އެމްއޭސީއެލްގެ އަގު ވައްޓާލުމަށް ދައުރުކުރާ ވާހަކައެއްކަމަށް އެކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ. އެމްއޭސީއެލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިދޮރޯށިކަން ފާހަގަކުރައްވާ ބަޔާނުގައި ވިދާޅުވެފައިވަނީ އެކުންފުންޏާ މެދު ސާބިތު ނުހިފޭ ހަގީގަތާ ހިލާފް އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ފަތުރާތީ ރާއްޖެ ޓީވީއާމެދު ޤާނޫނީ ފިޔަވަޅުތައް އަޅަން ބަލަމުންދާ ކަމަށެވެ.

Advertisement
Advertisement

އެއަޕޯރޓްގެ އާ ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement