
ލަލީގާގެ ފަހު މެޗާއެކު އަންޗެލޮއްޓީގެ ރެއާލްގެ ދަތުރު ނިމުނީކަން ރެއާލުން އިއުލާނުކޮށްފި
ހޮނިހިރު ދުވަހު އޮންނަ ލަލީގާގެ ފަހު މެޗަކީ ކޯޗު ކާލޯ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑް ކުޅޭ ފަހު މެޗުކަމަށް ރެއާލުން ބުނެފިއެވެވެ. ރެއާލުން މިއަދު ނެރުނު ބަޔާނުގައި ވަނީ ކްލަބާއިއެކު ކޯޗު އަންޗެލޮއްޓީ އެކަމުގައި އެބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ.
"ކްލަބުން ކޯޗު ކާލޯ އަންޗެލޮއްޓީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަންޗެލޮއްޓީއަކީ ހަމައެކަނި ރެއާލް މެޑްރިޑްގެ ލެޖެންޑެއްނޫން. އެއީ ދުނިޔޭގެ ފުޓްބޯޅައިގެ ވެސް ލެޖެންޑެއް. އަަހަރެމެންގެ 123 އަހަރުގެ ދިގު ތާރީޚްގައި އެންމެ ކާމިޔާބު ދުވަސްތައް އަންޗެލޮއްޓީއާއެކު ވަނީ ގުނާފައި. އެއީ އެހެން އެއްވެސް ކޯޗަކަށް ކްލަބަށް ހާސިލްކޮށްދެވުނު ކާމިޔާބީތަކެއްނޫން" ރެއާލްގެ ބަޔާނުގައި ބުނެގައި ވެއެވެ.
އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ރެއާލުން ވަނީ 3 ޔޫރަޕިއަން ކަޕް, 3 ކްލަބް ވޯލްޑްކަޕް, 3 ޔޫރަޕިއަން ސުޕަރ ކަޕް, 2 ލަލީގާ, 2 ކޮޕަރ ޑެޕް ރޭ, އަދި 2 ސްޕެނިޝް ސުޕަރ ކަޕް ހާސިލްކޮށްފައެވެ.
2021 ގައި ދެވަނަ ފަހަރަށް ރެއާލްއާ ގުޅުނު އަންޗެލޮއްޓީ އާއެކު 2026 އާ ހަމައަށް ރެއާލުން އެއްބަސްވުން ހަދާފައި ވީނަމަވެސް ކްލަބުން ނިންމާފައިވަނީ އަންޗެލޮއްޓީގެ އެއްބަސްވުން ނިމުމަކަށް ގެންނާށެވެ. މިސީޒަނީ 2021 ގެ ފަހުން ބޮޑު ތައްޓެއްގައި އަތްލާންނިލިބި ރެއާލުން ނިންމާލާ ފުރަތަމަ ސިޒަނެވެ.
ހަބަރުތައް ބުނާގޮތުން ރެއާލް ގެކޯޗު ކަމާ ދެން ހަވާލުވާނީ ބަޔާން ލެވަކޫސަން އަށް އެންމެ ފަހުން ކޯޗުކޮށްދިން ރެއާލްގެ ކުރީގެ މިޑްފީލްޑަރ ޒަބީ އަލޮންސޯއެވެ.
އާދިއްތަ ދުވަހު ރެއާލްގެ ދަނޑުގައި ރެއާލް ސޮސިއެޑާޑް އާ ބައްދަލުކުރާ މި ސީޒަންގެ ލަލީގާގެ ފަހު މެޗުގައި ކޯޗު ކާލޯ އަންޗެލޮއްޓީއަށް ކްލަބުން ޓްރިބިއުޓެއް ދޭނަކަމަށާއި, އެއީ އަންޗެލޮއްޓީގެ ފަހު މެޗު ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ރެއާލް މެޑްރިޑް އިން އަންޗޮލޮއްޓީ އަދި އޭނާގެ އާއިލާއަށާއި އޭނާގެ ހަޔާތުގެ ކުރިއަށް އޮތް ބާބަށް އެދެނީ ކާމިޔާބީ" ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
މި މަހު ކުރީކޮޅު ދެކުނު އެމެރިކާގެ ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަންނަ ހޫނު މޫސުމުގައިއެ ޤައުމުގެ ޤައުމީ ޓީމުގެ ކޯޗުކަމާ އަންޗެލޮއްޓީ ހަވާލުވާނެކަން އިއުލާންކޮށްފައެވެ.
ރިއެކްޝަންސް






