ހައިހޫނުކަމުގައި ޣައްޒާއިން 29 މަރު, ހޮސްޕިޓަލްގައި ނިއުޓްރިޝަން މަދުވުމާގުޅޭ ބަލިތަކުގައި ތުއްތު ކުދިން ވޭނުގައި
ޣައްޒާގެ ކުޑަކުއްޖަކު ކާނާގެ އިންތިޒާރުގައި. ފޮޓޯ: އައި އޮން ޕަލަސްޓައިން އިންސްޓަގަްރަމް

ހައިހޫނުކަމުގައި ޣައްޒާއިން 29 މަރު, ހޮސްޕިޓަލްގައި ނިއުޓްރިޝަން މަދުވުމާގުޅޭ ބަލިތަކުގައި ތުއްތު ކުދިން ވޭނުގައި

12 hours ago - 14:34
May 23, 2025 - 15:00

ފާއިތުވެ ދިޔަ ދެތިން ހަފުތާގެ ތެރޭގައި ހައިހޫނު ކަމުގައި އެކަނިވެސް ޣައްޒާއިް 29 މީހުން މަރުވެފައިވާކަމަށް ފަލަޞްޠީނުގެ ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ. ހައިހޫނު ކަމާ ގުޅުންހުރި މަރުތަކުގައި މުޅިންވެސް ދުނިޔެދޫކޮށްފައިވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީމީހުންނެވެ.

ހަމަ މިވަގުތު ނިއުޓްރިޝަން މަދުވުމުގެ ސަބަބުން ދިމާވާ ތަފާތު ސިއްހީ މައްސަލަތަކާއެކު ޣައްޒާގެ ހިދްމަތްދެވޭ ވަރުގައި ހުރި ހޮސްޕިޓަލްތައްވަނީ ފުރިފައެވެ. ހައިހޫނުކަމުގައި ކުދިންގެ ވޭނީ ރުއިމުގެ އަޑު ކެނޑިނޭޅި އިވޭކަމުގައި އެސޯސިއޭޓަޑް ޕްރެސްއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ތެރޭގައި ނިއުޓްރިޝަން މަދުވުމުގެ ސަބަބުން ޣައްޒާއިން ފަރުވޭ ދޭންޖެހުނު 9000 ށްވުރެ ގިނަ ކުދިންގެ ތެރެއިން އެކަކީ އުމުރުން އެންމެ 2 އަހަރުގެ މަޔަރް އެވެ. މަަޔަރް މިހާރުވެސް އޮތީ ޙާން ޔޫނިސްގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައެވެ.

ހޮސްޕިޓަލްގެ އެނދުގައި ގިނަ ދުވަސްވަންދެން އޮވެ މަޔަރްގެ ކަށީިގެ އޮނިގަނޑު ވަނީ ރަތްވެ ދުޅަވެފައި ކަމުގައި އެސޯސިއޭޓަޑް ޕްރެސްއިން ހޮސްޕިިޓަލްއަށް ޒިޔާރަތްކުރި ނޫސްވެރިން ވަނީ ބުނެފައެވެެ. 17 ދުވަސްވަންދެން ކާއެއްޗެއް ނުލިބި އެހާލަތަށް ގޮސްފައި އޮތް މަޔެރް އާއެކު އެ ހޮސްޕިޓަލްގައި ގިނަ ކުޑަކުދިންތަކަށް ދަނީ ފަރުވާދެމުންނެވެ. 

Advertisement
Advertisement

ގިނަ ގައުމުތަކެއްގެ ފިއްތުންތަކާއެކު އިޒްރާއިލްއިން 11 ހަފުތާފަހުން ފާއިތުވި ހޯމަ ދުވަހު ވަނީ ޣައްޒާއަށް މަދު އަދަދެއްގެ އިންސާނީ އެހީ ވަަނުމަށް ހުއްދަ ދީފައެވެ. އދ ން ބުނެފައިވާގޮތުގައި މިހާތަނަށް ޣައްޒާއަށް 90 ޓްރަކްގެ އެހީގެ ސާމާނު ވަދެފައިވީ ނަމަވެސް ބަނޑަށްޖެހިފައިވާ ޣައްޒާގެ އާބާދީއަށް މިއީ އެކަށޭނެވަރާ ގާތް މިންވަރެއްވެސް ނޫންކަމުގައެވެ.

ގޮދަންފުށް ކޮންމެވެސް ވަރަށް ލިބުމާއި އެކު ޣައްޒާގެ ބައެއް ބާކަރީތަކުގައި ޕާން ތައްޔާރުކުރަން ފަށާފައިވާކަަމށް އދ ގެ ވަރލްޑް ފުޑް ޕްރރޮގްރާމްއިން ވަނީ ބުނެފައެވެެ. ބޭކަރީތަކުގައި ކައިރީގައި ފާންފޮއްޗެއް ނަމަވެސް ލިބޭތޯ އާންމުން މިހާރުވަނީ ތޮތްޖެހިފައެވެ.

ފަލަޞްޠީނުގެ ރެޑް ކްރެސެންޓްގެ ވެރިޔާ ޔޫނިސް އަލް ކަތީބް ވިދާޅުވި ގޮތުގައި އެހީގެ ޓްރަކްތައް ވަދެފައިވަނީ ދެކުނު ރަފަޙްގެ ކަރެމް އަބޫ ސަލެމް ކްރޮސިންއިން ކަމަށްވެފައި ގިނަ ޓްރަކްތައް އަދިވެސް އެއަށްވުރެ އެރެއަށް ގޮސްފައި ނުވާތީ އެހެން ސަަހަރައްދުތަކުގައި ދިރިއުޅޭ އާންމުނަން އަދިވެސް އެހީގެ އެއްވެސް އެއްޗެއް ނުލިބެއެވެ. ހާއްސަކޮށް އުތުރު ޣައްޒާގައި ދިރިއުޅޭ ފަރާތްތަކަށެވެ.

އިންސާނީ އެހީ ވަނުމަށް ހުއްދި ދީންނަމަވެސް އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމު މިހާރުވެސް ދަނީ ކުރިއަށެވެ. ބުރާސްފަތި ދުވަހު އެކަނިވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުން 51 މީހަކު ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން  ވަނީ ކަށަވަރުކޮށްދީފައެވެ.

މެދުތެރޭ ޣައްޒާއިން އަލްޖަޒީރާގެ ތާރެޤް އަބޫ އަޒޫމް ރިޕޯޓްކޮށްފައިވާ ގޮތުގައި އެހީ ވަންނަން ފެށުމުން ރައްޔިތުން ތިބީ ޝުކުރުވެރިކަމާއެކުގައެވެ. ނަމަވެސް ޣައްޒާގެ އިންސާނީ ހާލަތު މިހާރު އޮތް ހިސާބުން ދުވާލަކު 500 އެހީގެ ޓްރަކް ވަނަސް ވާނީ ކިރިޔާ ފުދޭ މިންވަރަށް ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow