ރާއްޖޭގެ ހައްޖުވެރިންނަށް ސައުދީގައި ފުރަތަމަ ފަހަރަށް ޚާއްސަ ކްލިނިކެއް
ކްލިނިކް ގާއިމުގެ ކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: މިނިސްޓަރު

ރާއްޖޭގެ ހައްޖުވެރިންނަށް ސައުދީގައި ފުރަތަމަ ފަހަރަށް ޚާއްސަ ކްލިނިކެއް

11 months ago - 14:26
May 23, 2025 - 15:00
Advertisement
Advertisement

ރާއްޖޭގެ ހައްޖުވެރިންނަށް ޚާއްސަކޮށްގެން ސައުދީ އަރަބިއާގައި ފުރަތަމަ ފަހަރަށް ޚާއްސަ ކްލިނިކެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިނިސްޓަރު ޝަހީމް ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކްލިނިކް ގާއިމްކުރުމަށް ސައުދީ ސަރުކާރުން ހައްޖު މިޝަނަށް ރަސްމީކޮށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. މި ކްލިނިކް ގާއިމްކުރަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

މި ކްލިނިކުގައި ސިއްހީ ފުރިހަމަ ނިޒާމެއް ގާއިމްކުރެވި، ބޭސްފަރުވާ އާއި ހޮސްޕިޓަލް އެނދު ވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި މިއީ ސައުދީ ހޮސްޕިޓަލަކާ ގުޅިގެން ރަސްމީކޮށް ކްލިނިކެއް ގާއިމްކުރެވޭ ފުރަތަމަ ފަހަރު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ހައްޖު މަހާ ގުޅިގެން، ރާއްޖެއިން ހައްޖަށް ދާ މީހުން އަންނަ ހޯމަ ދުވަހު ފުރަން ފަށާނެއެވެ. ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ހައްޖު ދުވަހަށް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement