އެސްޑީއެފްސީ ގަތުުމުން ލޯނު ދިނުމުގެ ގާބިލްކަން އިތުރުކުރެވޭނެ: ބީއެމްއެލް

އެސްޑީއެފްސީ ގަތުުމުން ލޯނު ދިނުމުގެ ގާބިލްކަން އިތުރުކުރެވޭނެ: ބީއެމްއެލް

5 hours ago - 07:10
Jul 21, 2025 - 07:11

ޝަރީއާ އުސޫލުން މާލީ މުއާމަލާތް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބޭންކް އޮފް މޯލްޑިވްސް އިން ގަތުމާއި އެކު އެސްޑީއެފްސީގެ ލޯނު ދޫކުރުމުގެ ޤާބިލްކަން އިތުރުކުރެވިގެން ދާނެކަމަށް އެ ބޭންކުން ބުނެފިއެވެ. 

ބޭންކުން ހުށަހެޅި ޕްރޮޕޯސަލްއަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިިތަކަށް ހާއްސަކޮށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީ ބޭންކަށް ވިއްކާލަށް ސަރުކާރުން ނިންމީ އިއްޔެއެވެ.

މި ބަދަލާއެކު "ފުރަތަމަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަަކަށް 500 މިލިއަން ރުފިޔާގެ ލޯނު , އަދި ކުރިއަށް އޮތް ތި އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާގެ ލޯނު ދުނިޔޭގެ އެންމެ ކުރިއަރަމުން އަންން ޑިޖިޓަލް ބޭންކިން ނިޒާމުގެ ތެރެއިން އިސްލާމިކް ފައިނޭންސްގެ ދަށުން ދޫކުރެވޭނެ" ބޭންކުން ނެރެނު ބަޔާނުގައި ބުނެފައި ވެއެވެ. 

ސަރުކާރުގެ ނިންމުމަށް މަރުހަބާ ދަންނަވަމުން ބޭންކް ގެ ސިއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްޑީއެފްސީ އަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށާއި, އިޤްތިޞާދު ކުރިއެރުވުމަށާއި އާއީޖާދު ގެނައުމަށް މުހިއްމު ދައުރެއްވެސް އަދާކުރާ ކަމުގައެވެ. އަދި މިި ބަދަލާއެކު ބޭންކިިންގެ ނިިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމުގައެވެ.

Advertisement
Advertisement

ބީއެމްއެލްއަށް އެސްޑީއެފްސީ ވިއްކާލުމަށް ނިންމާ ސަރުކާރުން ބުނެފައި ވަނީ ބީއެމްއެލް އަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ އެކުންފުނީގެ ދަށުން އެސްޑީއެފްސީގެ ހިންގުންވެސް ހަރުދަނާވެގެންދާނެކަމުގައެވެ. އަދި ރޭވުންތެރިިިކަމާއި އެކު ފެންވަރު ރަނގަޅު ހިދުމަތެއްވެސް ފޯރުކޮށްދެވޭނެ ކަމުގައެވެ.

ބީއެމްއެލްގެ ދަށުން އެސްޑީއެފްސީގެ މާލީ މުއާމަލާތްތައް ކުރިއަށް ގެންދިޔަނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް ކުދި އަދި މެދުފަންތީގެ ލޯނުތައް ދެމުންގެންދާނީ މިހާރަށްވުރެ އިންޓަރެސްޓް ރޭޓު ބޮޑުނުވާގޮތަށް ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ. މީގެ އިތުރުން މާލީ މުއާމަލާތައް ބައްޓަންކުރާނީ ވިޔަފާރިތަކަށް ފަހި މާހައުލެެއް ޤާއިމްކޮށްދީ, މާލީ ޤާބިލްކަން އިތުުރުކުރެވޭނެ  ގޮތަށް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow