
ހއ.ގެ ހަތަރު ރަށެއްގައި އޭޓީއެމް ބަހައްޓައިފި
ހއ.ގެ ހަތަރު ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބަހައްޓައިފިއެވެ. އެހަތަރު ރަށަކީ އުތީމާއި އުލިގަމާއި, މޮޅަދޫއާއި, ތުރާކުނެވެ. އެރަށްތަކުގައި އޭޓީއެމް ހުޅުއްވައިދެއްވީ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ.
އެރަށްތަކުގައި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރ ސައީދު ވިދާޅުވީ ކުޑަރަށެއް ބޮޑުރަށެއް ބާކީނުވެ، ރައްޔިތުންނާއި ގާތުން ބޭންކުގެ ޚިދުމަތް ލިބުމަކީ ބޮޑު ލުޔެއް ކަމަށެވެ. މިކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ދެއްވި އިސްކަމާއި، ބޭންކުގެ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ.
އެރަށްތަކިގައި އޭޓީއެމް ހުޅުއްވައިދެއްވުމަށްފަހު ވަޒީރު ސައީދު ވިދާޅުވީ ރައީސް ޑރ މުޢިއްޒު އެރަށްތަކުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އޭޓީއެމް ވަޢުދު މިއަދު މިވަނީ ފުއްދަވާފައި ކަމަށެވެ. ސައީދު ވިދާޅުވީ މިހާއަވަހަށް އޭޓީއެމް ބެހެއްޓިދާނެކަމަށް ކުރިން ބަޔަކު ގަބޫލުވެސް ނުކުރާ ކަމަށެވެ. ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ލިބިގެންދާ އެންމެ ބޮޑު އުފަލަކަށް މިކަން ވެގެންދާނެ ކަމަށެވެ
މިނިސްޓަރ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު އޮތީ މުޅިން އޮޅުން ބޮޅުން އަރާ, މުޅިރާއްޖެ ދަރަނި ދަންތުރައެއްގައި ކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ލީޑަރޝިޕްގައި ކުރަމުންދާ ދަތުރުގައި އެމައްސަލަތައް ހައްލުކުރައްވަމުން ރަށްރަށުގައި ވަސީލަތްތައް ވަރަށް ބާރު ސްޕީޑްގައި ގެނެސްދެއްވަމުން ދާކަމަށް ވިދާޅުވިއެވެ.
ހއ.އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމް ބަހައްޓާފައެވެ.
ރިއެކްޝަންސް






