ފަހަތުންއަރާ ލެސްޓާރ ސިޓީ ބަލިކޮށް, ލިވަޕޫލްއިން ހަތް ޕޮއިންޓްގެ ލީޑެއް
ލިވަޕޫލުން ވަނީ ތާވަލްގެ އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގާފަ: ފޮޓޯ-ލިވަޕޫލް

ފަހަތުންއަރާ ލެސްޓާރ ސިޓީ ބަލިކޮށް, ލިވަޕޫލްއިން ހަތް ޕޮއިންޓްގެ ލީޑެއް

ޕްރިމިއަރ ލީގުގައި ކުޅެދިން 100 ވަނަ މެޗުގައި ކާޓިސް ޖޯންސް ވަނީ ލިވަޕޫލްއަށް ލީޑް ނަގައިދިން ގޯލް ކާމިޔާބުކޮށްފައި

3 months ago - 03:46
Dec 27, 2024 - 08:57

އިނގިރޭސި ޕްރިމިއަރ ލީގުގައި ހުކުރު ދުވަހު ލެސްޓަރ ސިޓީއާއި އާއި ލިވަޕޫލް ބައްދަލުކުރި މެޗު 3-1 ން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަރޕޫލް މެޗުން މޮޅުވީ ލެސްޓަރ ސިޓީން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ. 

ލެސްޓަރ ސިޓީން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައި ވީ ނަމަވެސް އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާ ލިވަޕޫލަށް ހައިރާންކަން ގެނުވިއެވެ. މެޗުގެ އެންމެ 6 ވަނަ މިނިޓްގައި ލެސްޓަރ ސިޓީއަށް ލީޑު ނަގައިދިނީ ސްޓެފީ މަވިޑީޑީ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޖޯޑަން އަޔެވް އެވެ.

ލެސްޓާރ ސިޓީން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރުމުގައި ފަހުން ކާމިޔާބު ހޯދިފައި ނުވިނަމަވެސް ފުރަތަމަ ހާފުގައި ލިވަޕޫލްއިންވެސް ގޯލެއް ކާމިޔާބު ނުކުރެވި ހާސްކަމުގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. ރޮބާޓްސަން އަދި މުޙާއްމަދު ސަލާޙް ގޯލަށް އަމާޒުކުރި ބޯޅަތައް ހުރަސްދަނޑީގައި ޖެހި ނާކާމިޔާބު ވިއިރު, ލިވަޕޫލްއަށް ނަތީޖާ ހަމަހަމަ ކުރެވުނީ އުނދަގޫ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވި ފަހުންނެވެ. އިތުރު ވަގުތުގެ ފުތަރަމަ މިނިޓްގައި ލިވަޕޫލްގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ކޯޑީ ގަޕްކޯއެވެ. ފުރަތަމަ ހާފު ނިމުނީ އެލެކްސިސް މެކް އެލިސްޓާރގެ އެހީތެރިކަމާއެކު ގޯލްއޭރިއާގެ އަރިމަތިން ގަޕްކޯ ފޮނުވާލި ރީތި ބޯޅަ ގޯލަށް އަމާޒުވުމާއެކުއެވެ.

ލިވަޕޫލްއިން ދެވަނަ ހާފު ފެށީ އިތުބާރާއެކުއެވެ. މެކް އެލިސްޓަރ ނަގައިދިން ރީތި ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލާ ލިވަޕޫލްއަށް ލީޑު ނަގައިދިނީ ކާޓިސް ޖޯންސް އެވެ. މިއީ އޭނާ ޕްރިމިއަރ ލީގުގައި ކުޅެދިން 100 ވަނަ މެޗެވެ. ގަޕްކޯ ތަނަވަސްކޮށްދިން ފުރުޞަތުގައި ލިވަޕޫލް ގެ ތިންވަނަ ގޯލް ކާމިޔާބު ކޮށްދިނީ މިސީޒަންގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކާ މުޙިއްމު ގޯލްތަކެއް ކާމިޔާބު ކުރަމުން އަންނަ މިޞްރުގެ ފޯވާޑް މުޙައްމަދު ސަލާޙް އެވެ.

Advertisement
Advertisement

މެޗުގެ ނަތީޖާ މިހެން އޮއްވާ ވުލްވްސް އިން މެންޗެސްޓަރ ޔުނައިޓަޑް ބަލިކުރުމުން ލެސްޓަރ ސިޓީ ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ. ލިވަޕޫލް އޮތީ 42 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. 35 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޗެލްސީއެވެ. އާދިއްތަ ދުވަހު ލިވަޕޫލް ބައްދަލު ކުރާނީ ތާވަލްގެ 13 ވަނައިގައި އޮތް ވެސްޓްހެމް ޔުނައިޓަޑް އާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow