ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައިފި

ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައިފި

ރުހުން ނުދޭން ފާސްކުރި ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ އިރުކޮޅެއްކުރިން އަރުވައިފި

9 months ago - 19:34
Jan 29, 2024 - 19:35
Advertisement

ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ އިރުކޮޅެއްކުރިން އަރުވައިފިއެވެ.

ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

 އެ ބޭފުޅުންނަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މިއަދު ބޭއްވި ޖަލްސާގައި ރުހުން ނުދޭން މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށެވެ.

Advertisement

މި ތިން ވަޒީރުން އަލުން އައްޔަން ކުރެއްވުމާ އެކު، އަނެއްކާވެސް މަޖިލިހުގެ ރުހުން ހޯއްދަވަން ފޮނުވަންޖެހެ އެވެ. އެއީ މަގާމަށް އައްޔަންކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެކެވެ. 

މި ސަރުކާރުން ކުރިން ރުހުން ހޯދަން ފޮނުވި މައްސަލަ މަޖިލީހުގައި ތިން މަސް ވަންދެން ދިގުދެންމުމަށް ފަހު ވަކި ސަބަބެއް ނުދައްކައި އެ ބޭފުޅުންނަށް ރުހުން ނުދޭން ނިންމި މައްސަލާގައި މި ސަރުކާރުގެ ބޭފުޅުން ދަނީ އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ފާޑުކިޔަމުންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement