ޓޮބްލެރޯން މިލްކް ޗޮކްލެޓް ވިއްކުން މަނާ ކޮށްފި

ޓޮބްލެރޯން މިލްކް ޗޮކްލެޓް ވިއްކުން މަނާ ކޮށްފި

ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ ޓޮބްލެރޯން ބްރޭންޑުގެ މިލްކް ޗޮކްލެޓް ވިއްކުންއެމްއެފްޑީއޭ އިން މަނާ ކޮށްފި

10 months ago - 06:01
Jan 30, 2024 - 08:04
Advertisement
Advertisement

ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ ޓޮބްލެރޯން ބްރޭންޑުގެ މިލްކް ޗޮކްލެޓް ވިއްކުންއެމްއެފްޑީއޭ އިން މަނާ ކޮށްފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ޕްލާސްޓިކް ތަޣައްޔަރުވެފައިވާ ސްވިޓްޒަލެންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކުގެ ދެ ވައްތަރެއްގެ ޗޮކްލެޓު އެތެރެވެފައިވާ ކަމަށް، ޔޫރަޕްގެ ރެޕިޑް އެންޑް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ.

މިއީ ޗޮކްލެޓް އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާއި ގުޅިގެން ދިމާވި ކަމެއް ކަމަށާއި އެހެން ކަމުން ތަޣައްޔަރުވެފައިވާ މިއުފެއްދުމުގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެފަރާތުން ފާހަގަ ކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީވިދާޅުވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން ހަ ލޭބަލެއްގައިވާ ޓޮބްލެރޯން މިލްކް ޗޮކްލެޓު އެތެރެނުކުރުމަށާއި ނުވިއްކަން ވަނީ އަންގައިފަ އެވެ.

Advertisement
Advertisement

މައްސަލަ ދިމާވި ޓޮބްލެރޯން މިލްކް ހަނީ އަދި އެލްމަންޑް މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 1، 2024 ގަ އެވެ. ޓޮބްލެރޯން މިލްކް ޗޮކްލެޓު އުފެއްދީ ސެޕްޓެމްބަރު 1، 2023 ގަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement