ފުލަމް އަތުން ބަލިވެ, ތާވަލްގެ އެންމެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ނިއުކާސަލްއަށް ގެއްލިއްޖެ
ލަނޑު ޖެހުމަށްފަހު ފުލަމް ކުޅުންތެރިން: ފޮޓޯ-ފުލަމް

ފުލަމް އަތުން ބަލިވެ, ތާވަލްގެ އެންމެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ނިއުކާސަލްއަށް ގެއްލިއްޖެ

26 days ago - 07:56
Sep 22, 2024 - 08:18

1 ން ފުލަމް އަތުން ބަލިވެ, އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ނިއުކާސަލް ޔުނައިޓެޑަށް ގެއްލިއްޖެ އެވެ.  މެޗުން މޮޅުވި ނަމަ 13 ޕޮއިންޓާއެކު ނިއުކާސަލް އަށް އެއްވަނަ ލިބޭނެ އެވެ.

ފުލަމްގެ ދަނޑުގައި ކުޅުމު މި މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެންވެސް ކުޅުނީ ފުލަމްއިންނެވެ. އެއްވެސް މެޗަކުން ބަލިނުވެ އޮތް ނިއުކާސަލްގެ ގޯލް ފުލަމް އިން ފުރަތަމަ ފޫއަޅުވާލީ ފަސް ވަނަ މިނިޓްގައި ރައުލް ހިމެނޭޒް ވަރަށް ރީތިކޮށް ފޮނުވާލި ބޯޅައަކުންނެވެ. 

އޭގެ 44 ސިކުންތުފަހުން ނިއުކާސަލް އިން ގޯލެއްޖެހި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ. މެޗުގައި ނިއުކާސަލްގެ ހަމައެކަނި ގޯލް 46 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހާވީ ބާނެސް އެވެ. މިއީ މެޗުގައި ނިއުކާސަލްއިން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި އޮންޓާގެޓް ޝޮޓެވެ. 

މެޗުގައި ފުލަމް އަށް ލީޑު ފުޅާކޮށްދިނީ 22 ވަނަ މިނިޓްގައި އެމީލް ސްމިތް ރޯވ ޖަހައިދިން ގޯލަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ފުލަމްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ރެއިސް ނެލްސަން އެވެ.

Advertisement

މި ނަތީޖާ އާއެކު ނިއުކާސަލް މިވަގުތު އޮތީ 10 ޕޮއިންޓައެކު ތާވަލްގެ ހަ ވަނައިގައެވެ. 8 ޕޮއިންޓާއެކު ފުލަމް އޮތީ ތާވަލްގެ 8 ވަނަގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow