ބްރެޒިލްގެ ބޮޓަފޯގާ އިން ޔޫރަޕްގެ ޗެމްޕިއަން ފީއެސްޖީ ބަލިކޮށް ގްރޫޕް ބީގެ އެއްވަނައަށް 
ބޮޓަފޯގާގެ ގޯލް ކާމިޔާބުކޮށްދިން ޖީސަސް ސަޕޯޓަރުންނާއެކު

ބްރެޒިލްގެ ބޮޓަފޯގާ އިން ޔޫރަޕްގެ ޗެމްޕިއަން ފީއެސްޖީ ބަލިކޮށް ގްރޫޕް ބީގެ އެއްވަނައަށް 

7 hours ago - 08:56
Jun 20, 2025 - 08:57

ފީފާ ކްލަބް ވޯލްޑްކަޕް ގައި މިއަދު ހެނދުނު ބްރެޒިލްގެ ބޮޓަފޯގާ އެފްއާރުން ޔޫރަޕްގެ ޗެމްޕިއަން، ފްރާންސްގެ ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ) ބަލިކޮށް ގްރޫޕް-ބީގެ އެއްވަނައަށް ޖެހިލައިފިއެވެ. 

1-0 މިއަދު ޕީއެސްޖީ ބަލިކޮށް ބޮޓަފޯގާ ގްރޫޕްގެ އެއްވަނަގައި އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ.

މެޗުގެ ހަމައެކަނި ގޯލް 36 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބޮޓަފޯގާގެ އިގޯ ޖީސަސްއެވެ.

ޕީއެސްޖީން ނަތީޖާ ބަދަލުކުރަން ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ވަނީ ގާތްގާތުގައި ހަތަރު ބަދަލެއް ގެނެސްފައެވެ. ނަމަވެސް މެޗު ނިމުނީ ޕއެސްޖީއަށް ނާކާމިޔާބުވެގެންނެވެ.

Advertisement
Advertisement

އަންނަ އަންގާރަ ދުވަހު ޕީއެސްޖީ ވާދަކުރާނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ  ފުލުގައި އޮތް އެމެރިކާގެ ސިއޭޓްލް އެފް ސީ އާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow