މެސީގެ ޖާދުލުން އިންޓަރ މަޔާމީ މޮޅުކޮށްދީފި, އެތްލެޓިކޯ މެޑްރިޑްވެސް މޮޅު
މެސީ. އޭނާ ވަނީ މޮޅު ލޭޖެހުމަކުން މަޔާމީ މޮޅުކޮށްދީފައި. ފޮޓޯ: ކްލަބް ވޯލްޑްކަޕް

މެސީގެ ޖާދުލުން އިންޓަރ މަޔާމީ މޮޅުކޮށްދީފި, އެތްލެޓިކޯ މެޑްރިޑްވެސް މޮޅު

7 hours ago - 06:38
Jun 20, 2025 - 06:44

ފީފާ ކްލަބަ ވޯލްޑްކަޕްގައި ރޭ އިންޓަރ މަޔާމީ އާއި ޕޯޗްގަލްގެ އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު މެސީގެ ޖާދުލާއެކު 2-1 ން ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު މަޔާމީން ހޯދައިފިއެވެ. އެތްލެޓިކޯ މެޑްރިޑް ވެސް ވަނީ އެމެރިކާގެ ސިއޭޓްލް ސައުންޑާސް އެފްސީގެ މައްޗަށް 3- 1 ން މޮޅުވެ މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދާފައެވެ.

އެޓްލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މަޔާމީގެ ދެވަނަ ގޯލް ކާމިޔާބުކުރީ ދުނިޔޭގެ ފުޓްބޯޅަ ސުޕަރސްޓަރ ލަޔަނޮލް މެސީ 20 ޔާޑު ދުރުން ގޯލް އޭރިއާގެ އަރިމަތިން ފޮނުވާލި ހިލޭޖެހުމުންނެވެ. މެސީގެ ހިލޭޖެހުން ވޯލްގެ މަތިންގޮސް ގޯލާ އަމާޒުވިއިރު ޕޯޓޯގެ ކީޕަރު ކްލައުޑިއާ ރާމޯސްއަށް ކުރެވޭނެ ހަމައެއްކަމެއްވެސް ނެތެވެ. 54 ވަނަ މިނިޓްގައި މެސީގެ މޮޅު ހިލޭ ޖެހުން ނަގައިދިންއިރު މުޅި ސްޓޭޑިއަމް އޮތީ މެސީގެ ނަމުން ގުގުމާލާފައެވެ.

މެސީގެ މޮޅު ގޯލާއެކު ފުޓްބޯޅަގެ ދުނިޔެއަށް އަދި އެއްފަހަރު ހަނދާންކޮށްދިނީ  އޭނާއަކީ އަދިވެސް ޙާއްސަ ވަގުތުތަކުގައި ގޯލް ކާމިޔާބުކުރުމުގައި އެއްވަނަ ކަމެެވެ. މިއީ މަޔާމީއަށް މެސީ ކުޅެދިން 61 ވަނަ މެޗުން ޖަހައިދިން 50 ވަނަ ގޯލެވެ. 

މެޗުގައި މަޔާމީގެ ފުރަތަމަ ގޯލް ދެވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި ކާމިޔާބުކުރީ ޓެލަސްކޯ ސޮވީގޯއެވެ. އޭގެ ކުރިން މެެޗުގެ އެންމެ 8 ވަނަ މިނިޓްގައި ޕޯޓޯއަށް ލިބުނު ޕެނަލްޓީއެއް ސާމޫ އަގެހޯވާ ކާމިޔާބުކޮށް އޮތީ ޕޯޓޯ އޮތީ ލީޑުގައެވެ. މެސީގެ ހިލޭ ޖެހުމުން މަޔާމީއަށް މުބާރާތުން ފުރަތަމަ މޮޅު ހޯދިއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދި އެރޭބިއާގެ އަލް-އަހްލީ އަތުން ވަނީ މަޔާމީ ވަނީ އެއްވަރު ވެފައެވެ.

Advertisement
Advertisement

މަޔާމީ ރޭގެ މެޗުން މޮޅުވި ނަމަވެސް, މަޔާމީ އާ އެއްވަރަށް ޕޮއިންޓް ހޯދައިގެން, ނަމަވެސް ގޯލް ގެ ތަފާތުން ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ރޭ 2-0 ން އަލް އަހްލީ ބަލިކުރި ބްރެޒިލްގެ ޕަލްމެރިއިރާސް އެވެ.

ގްރޫޕް ބީގައި ރޭ ސިއޭޓްލް ސައުންޑާސްގެ މައްޗަށް ކުރިހޯދު މެޗުގައި, މެޗުގެ 11 ވަނަ މިނިޓްގައި އެތްލެޓިކޯއަށް ލީޑު ނަގައިދިނީ ޕަބްލޯ ބޭރިއޯސް އެވެ. އޭނާ ވަނީ 55 ވަނަ މިނިޓްގައި މެޗުގައި އޭނާގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްފައެވެ.

 އެތްލެޓިކޯއަށް ދެވަނަ ހާފުގެ ދެ ވަނަ މިނިޓްގައި ލީޑު ފުޅާކޮށްދިނީ ރޮބިން ލެ ނޯމަންޑް ތަނަވަސްކޮށްދިން ފުރުޞަތުގައި އެކްސިލް ވިޓްސެލްއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން, މެޗުގެ 50 ވަނަ މިނިޓްގައި ސިއޭޓްލްއިން ވަނީ މެޗުގައި އެމީހުންގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްފައެވެ. 

މުބާރަތުގައި އެތްލެޓިކޯ ކުޅުނު ފުރަތަމަ މެޗުގައި 4-0 ން ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވެފައި އޮތުމުން ރޭގެ މެޗަކީ އެތްލެޓިކޯއަށް މޮޅުވާން ވަރަށް މުހިއްމު މެޗެކެވެ. ގްރޫޕްގައި މިވަގުތު ޕީއެސްޖީ އާއި ބޮޓަފޯގާ އެފްއާރު ދަނީ ވާދަކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow