ކުޑަކާއްޓެ އާއި އެޑަމް ރަން މެޑަލް ދިފާއުކޮށްފި
ޗެމްޕިއަންކަން ހޯދި އެޑަމްއާއި ކުޑަކާއްޓެ

ކުޑަކާއްޓެ އާއި އެޑަމް ރަން މެޑަލް ދިފާއުކޮށްފި

ރާއްޖޭގެ 4 ޕެއަރ ވާދަކުރި

1 month ago - 17:13

އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް ) ކާވާ ބީޗްވޮލީ ބޯޅަ މުބާރާތުގެ ރަން މެޑަލް ދިފާއުކޮށްފި އެވެ.

ބޫޓާންގައި ކުރިއަށްދިޔަ މުބާރާތުގެ ރަން މެޑަލް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއަރއިން ދިފާއުކުރީ ފައިނަލްގައި ނޭޕާލްގެ އެއްވަނަ ޕެއަރ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ, މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއަރގެ މައްޗަށް ރާއްޖޭގެ އެއްވަނަ ޕެއަރ އިން ކުރިހޯދި 21-19, 21-17 ނެވެ. ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޕެއަރ އިން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. މީގެކުރިން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް އެޑަމްއާއު ކުޑަކާއްޓެ ޗެމްޕިއަންކަން ހޯދީ މިފަހަރުވެސް ބަލިކުރި ޕެއަރ ފައުނަލްގައި ބަލިކޮށްގެންނެވެ.

މިފަހަރުގެ މުބާރާތުގައި އެޑަމްއާއި ކުޑަކާއްޓެ ވަނީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. މުބާރާތުގައި ރާއްޖެއިން ހަތަރު ޕެއަރ ވާދަކުރި އެވެ. އެއީ އަންހެން ޑިވިޝަންގައި ދެ ޕެއަރ އަދި ފިރިހެން ޑިވިޝަންގައި ދެ ޕެއަރ އެވެ. ފިރިހެން ޑިވިޝަންގައި ރާއްޖޭގެ އަނެއް ޕެއަރ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުޙައްމަދު (ކޯކޭ) ބަލިވީ ފައިނަލްގައި ބަލިވި ނޭޕާލް ޕެއަރ އަތުންނެވެ. 

ރާއްޖޭގެ އަންހެން ދެ ޕެއަރގެ ތެރެއިން އާމިނަތު އަރީޝާއާއި  ފާތިމަތު ޒީނިޔާގެ ޕެއަރ ބަލިވީ ސެމީފައިނަލްގައެވެ. އަދި ތިންވަނަ ކަނޑައަޅަން ކުޅުނު މެޗުން އުޒުބެކިސްތާނު ޕެއަރ އަތުން ބަލިވީ އެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow