ފުވަމުލަކަށް ޖަނަރޭޓަރު ގެންދިއުމާ ގައްދޫ ރައްޔިތުން ދެކޮޅު

ފުވަމުލަކަށް ޖަނަރޭޓަރު ގެންދިއުމާ ގައްދޫ ރައްޔިތުން ދެކޮޅު

ފުވަމުލަކަށް ޖަނަރޭޓަރު ގެންދިއުމަށް ގައްދޫ ރައްޔިތުން ދެކޮޅު ހަދައިފި

8 months ago - 08:34
Jan 28, 2024 - 09:40
Advertisement

ފުވަމުލަކަށް ކަރަންޓު ދޭން ގދ.ގައްދުއިން، އެ ރަށުގައި ހުރި ބޭނުންނުކުރާ ފެނަކައިގެ ޖަނަރޭޓަރެއް ގެންދަން އުޅުމުން އެރަށުގެ އާންމުން ނުކުމެ ހަމަނުޖެހުން ހިންގައި އެ ގެންދަން ހުރަސް އަޅައިފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ސިޓީން އެކި ގަޑިގަޑީގައި އެކި ސަރަހައްދު ތަކުންއަންނަނީ ކަރަންޓު ކަނޑަމުންނެވެ.

ފުވައްމުލަކައް ދިމާވެފައިވާ ކަރަންޓޮ މައްސަލަ ހައްލުކުރުމަށްފެނަކައިން ނިންމީ ގައްދޫގައި އިންސްޓޯލް ނުކޮށް، އިންޖީނުގެއަށް ވެސް ނުވައްދާހުރި އެ ކުންފުނީގެ 800 ކިލޯވޮޓަރުގެ ޖަނަރޭޓަރެއް ފުވައްމުލަކަށް ގެންދާށެވެ.

ނަމަވެސް އެ ކަން ކުރަން އެ ރަށު ރައްޔިތުން ހުރަސް އަޅާތީ، ފެނަކައިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގައްދޫއިން ފުވަމުލަކަށް ގެންދަން އުޅުނު ޖަނަރޭޓަރު ގެންގޮސްފިނަމަ އެ ރަށުގެ އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް އެކި ފަރާތްތަކުން މެނޭޖްމަންޓަށް ގުޅައި ޝަކުވާކުރި ކަމަށެވެ.

Advertisement

ފެނަކައިން ވިދާޅުވީ ފުވައްމުލަކައް ދިމާ ވެފައިވާ ކަރަންޓް މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް، ގައްދޫގައި ހުރި ޖަނަރޭޓަރު ފުވަމުލަކަށް ފޮނުވުމަށް އެއްބާރުލުން ދިނުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވުނު ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މަޝްވަރާތަކަށްފަހު އެ ޖަނަރޭޓަރު ފުވަމުލަކަށް ގެންދަން ނިންމައި ގދ. ބުރާންޗުގެ ފެނަކަ އޮފީހަށް ލިޔުމުން އެކަން އެންގި ކަމަށް ވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ގައްދޫއިން ޖަނަރޭޓަރު ސެޓު ފުވަމުލަކަށް ގެންދަން ފެނަކައިން ހިފި އުޅަންދެއް ފޮނުވުމުން ގައްދޫގެ ބައެއް ރައްޔިތުން ނުކުމެ އެ އުޅަނދުގެ ފަޅުވެރިންނަށް ބިރު ދައްކައިފައިވާކަމަށް ފެނަކައިން ވަނީ  ވިދާޅުވެފައެވެ.

ފުވަމުލަކަށް ކުރިމަތިވި ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ފުރުސަތު އެ ކުންފުންޏަށް އޮންނަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. 

ފެނަކައިން ބުނީ އެ ކުންފުނީގެ ހަރުމުދަލެއް ބޭނުވާ ދަނޑިވަޅެއްގައި އެހެން ތަނަކަށް ބަދަލު ކުރުމުގެ ފުރުސަތު އެ ކުންފުންޏަށް އޮންނަން ޖެހޭނެ ކަމަށް ގަބުލު ކުރާކަމަށެވެ.

ކަމާގުޅުންހުރި ފަރާތްތަކާ ވާހަކަދައްކައިގެން ސުލްހަވެރިކަމާއިއެކު، އެ ޖަނަރޭޓަރު ފުވަމުލަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement