މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު އިތުރުކޮށްފި
މި ރޯދަމަހު ބަލިމީހުން ގަތަށ ްޒިޔާރަތް ކުރެވެ ވަގުތު މިވަނީ އިތުރު ކުރެވިފައި / ފޮޓޯ:އައޖީއެމްއެޗް

މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު އިތުރުކޮށްފި

1 year ago - 22:35
Mar 9, 2025 - 22:36
Advertisement
Advertisement

މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު މިއަދު އިތުރުކޮށްފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑިރެކްޓަރ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަމަހުގައި ބަލިމީހުންނަށް ޒިޔާރަތް ކުރެވޭނީ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށެވެ.

މާލޭ ސަރަހައްދުގައި ހިމެނޭ ސަރުކާރުގެ ހޮސްޕިޓަލްތަކަކީ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލެވެ. އެހެންކަމުން މި ހުރިހާ ހޮސްޕިޓަލެއްގައިވެސް އެދުމަތި ކުރެވިފައިވާ ބަލި މީހުންގާތަށް ޒިޔާރަތް ކުރެވޭ ވަގުތު މިވަނީ އިތުރު ކުރެވިފައެވެ.  

މީގެ ކުރިން އާންމު ގޮތެއްގައި އައިޖީއެމްއެޗްގައި ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ވަގުތު ކަނޑައެޅިފައި އޮންނަނީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ. އެހެން ކަމުން މިއީ ގާތްގަނޑަކަށް 2.30 މިނިޓްގެ އިތުރުވުމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement