
މާލެ ސަރަހައްދުން 48 ހާސް ގޭބީސީއަށް މަސްދަޅު ކޭސް ދީފި, ދެން ދޫކުރާނީ މިފްކޯ ފިހާރަތަކުން
އަންގާރައިން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން
މިހާތަނަށް މާލެ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދީފިއެވެ. އެމަސައްކަތް މާލެ ސަރަހައްދުގައި ވިލަރެސް ކުރެއްވި ލޯކަލް ކައުންސިލްތަކާއި ސިޓީތަކުގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ މިރެއާއި މާދަމާ ރޭ ވެސް 13 މަރުކަޒުގައި ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންނަމަވެސް އަންގާރަ ދުވަހާ ހަމައަށް މަސްދަޅުކޭސް ނުގެންދާ ފަރާތްތަކަށް, އެހަދިޔާ މާލެ ސަރަހައްދުގައި ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރޯދަމަހު ކޮންމެ ގޭބީސީ އަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. ރަށްރަށުގައި ހަދިޔާ ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ކައުންސިލުންތަކުންނެވެ.
ރިއެކްޝަންސް






