ވޭޕް އެތެރެކުރުން މަނާކުރުމާ ހަމައަށްވެސް ޑިއުޓީ ބޮޑުކުރަން ހުށަހަޅައިފި
ބަންޑާރަނައިބު އަހުމަދު އުޝާމް: ފޮޓޯ-ރައީސް އޮފީސް

ވޭޕް އެތެރެކުރުން މަނާކުރުމާ ހަމައަށްވެސް ޑިއުޓީ ބޮޑުކުރަން ހުށަހަޅައިފި

1 day ago - 07:16
Oct 21, 2024 - 07:16
Advertisement

ވޭޕާއި, ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާ ހަމައަށްވެސް އެއިން ނަގާ ޑިއުޓީ ބޮޑުކުރަން ހުށަހަޅައިފި އެވެ.

ވޭޕާއި އީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅުއްވާފައެވެ. އެބިލް ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހީމް މުޙައްމަދެވެ. މިފަދަ ބިލެއް ހުށަހެޅިއިރު އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕާއި, ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރަންވެސް ވަނީ ނިންމަވާފައެވެ.

ވޭޕް އެތެރެކުރުން މަނާކުރަން ނިންމާފައިވަނިކޮށް, ޑިއުޓީ ބޮޑުކުރަން ނިންމެވި ނިންމެވުމާ ގުޅޭގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ އެނިންމެވުމަކީ 15 ދުވަހަށް ނިންމަވާ ނިންމެވުމެއް ކަމަށެވެ.

" ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 1 ނޮވެމްބަރ އިން ފެށިގެން 15 ނޮވެމްބަރ 2024 މި މުއްދަތުގެ ތެރޭގައި އެތެރެކުރާ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް." އުޝާމް ވިދާޅުވިއެވެ.  

Advertisement

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 1 ނޮވެމްބަރ 2024 އިން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަށް އަދި 15 ނޮވެމްބަރ 2024 އިން ފެށިގެން ވޭޕު ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކުރުމަށް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement