މަޑަވެލިން ބަނގުރާ ދަޅުތަކެއް  ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފި

މަޑަވެލިން ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފި

މަޑަވެލީގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފި

12 months ago - 23:35
Feb 13, 2024 - 11:46
Advertisement
Advertisement

ގދ. މަޑަވެލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިކަމަށޤ ފުލުހުން ވިދާޅުވިއެވެ.

 ފުލުހުން ވިދާޅުވި ގޮތުގައި މިދިޔަ ޖަނަވަރީ މަހުގެ 25 އިން މި ފެބުރުވަރީ މަހުގެ 9 އަށް ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ބަނގުރާ ފެނިފައިވަނީ ރަށުގެ ފަޅު ސަރަހައްދަކުންނެވެ.

މަޑަވެލި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ، ތިންފުޅި ބަނގުރާ އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 މި މައްސަލަ މަޑަވެލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement