އިމިގްރޭޝަންގެ އޮޕަރޭޝަން އައްޑޫ ސިޓީގައި ފަށައިފި
އިމިގްރޭޝަންގެ އޮޕަރޭޝަން އައްޑޫ ސިޓީގައި ކުރިއަށްގެންދަނީ: ފޮޓޯ-އިމިގްރޭޝަން

އިމިގްރޭޝަންގެ އޮޕަރޭޝަން އައްޑޫ ސިޓީގައި ފަށައިފި

5 hours ago - 12:59
Jun 25, 2025 - 13:00
Advertisement
Advertisement

ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަން އައްޑޫ ސިޓީގައި ފަށައިފިއެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، މާލެ ފިޔަވައި އެހެން ސިޓީއެއްގައި ހިންގޭ ފުރަތަމަ އޮޕަރޭޝަނެވެ.

"އައްޑޫ ސިޓީގައި އޮޕަރޭޝަން ކުރިއަށް ގެންދަނީ އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައެވެ. މި ރެއިޑް އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރާ ހާއްސަ މަސައްކަތެއްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއްކަން ފާހަގަކޮށް, އިމިގްރޭޝަނުން ވިދާޅުވީ މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ކަމަށެވެ.

ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވެއެވެ. އަދި އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވެއެވެ.

އޮޕަރޭޝަން ކުރިއަށް ގެންދަނީ މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށެވެ. މި އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި އެފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނަށް ނޯޓިސް ދޭނެކަމަށްވެސް ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement