
ތިނަދޫގައި އެކްސިޑެންޓެއް ހިނގާ އަންހެނަކު އައިސީޔޫގައި
ގދ.ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު އަންހެނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން ދަނީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ހަމަށެވެ. އެސައިކަލްގައި އިތުރު އަންހެނަކުވެސް އިނެވެ. އޭނާއަށް އަށްވެސް ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއެކްސިޑެންޓް ހިނގީ ތިނަދޫ ގާޣީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތީގައި ސައިކަލަކާއި ކާރެއް ޖެހިއެވެ. އެކްސިޑެންޓްގެ ރިޕޯރޓް ފުލުހުންނަށް ލިބުނީ މިރޭ 7:44 ހާއިރު ކަމަށް އެއިދާރާއިން ވިދާލުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
ރިއެކްޝަންސް






