ހުއްދަ ނުނަގާ ބާއްވާ އިވެންޓްތަކުން އެބަ ސްޓޯލް ވިއްކާ, ސަމާލުވޭ-އެޗްޑީސީ
ހުޅުމާލޭގައި އިވެންޓް ބޭއްވޭނީ އެޗްޑިސީގެ ހުއްދަ ލިބިގެން

ހުއްދަ ނުނަގާ ބާއްވާ އިވެންޓްތަކުން އެބަ ސްޓޯލް ވިއްކާ, ސަމާލުވޭ-އެޗްޑީސީ

6 months ago - 10:40
Sep 29, 2025 - 10:41
Advertisement
Advertisement

ހުޅުމާލޭގެ އެކިސަރަހައްދު ތަކުގައި ހުއްދަ ނުނަގާ ބާއްވާ އިވެންޓްތަކަށްވެސް ސްޓޯލް ވިއްކަމުންދާތީ އެކަމަށް ސަމާލުވާން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން އިލްތިމާސްކޮށްފިއެވެ.

އެކުންފުނިން ކުރި ޢާއްމު އިއުލާނެއްގައި ބުނީ ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ފެއަރ ތަކާއި ތަފާތު އިވެންޓްތައް ހުއްދަނެތި ބާއްވަމުން ދާކަމަށެވެ. އަދި އެފަދަ އިވެންޓްތަކުން ސްޓޯލްވެސް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިފައިވެއެވެ.

އެޗްޑީސީން އެދިފައިވަނީ ހުޅުމާލޭގައި ބާއްވާ އެއްވެސް އިވެންޓެއްގައި ބައިވެރިވާން ސްޓޯލް ގަތުމުގެ ކުރިން އެއީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްތޯ ކަށަވަރު ކުރުމަށެވެ. އެކަން ޔަގީން ކުރަން 3356112 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އެޗްޑީސީން ބުނީ ހުއްދަ ނުނަގާ ބާއްވާ އިވެންޓްތަކުން ސްޓޯލް ދޫކުރުމާއި, ގަތުމުން ލިބޭ ގެއްލުންތަކަށް ޒިންމާ ނުވާނެކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގައި ފެއަރ, ނައިޓްމާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement