މާދަމާ ރ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށަނީ
ރ.އަތޮޅުގައި ޚިދުމަތް ފަށަނީ މާދަމާ

މާދަމާ ރ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށަނީ

5 hours ago - 12:52
Jun 25, 2025 - 12:52
Advertisement
Advertisement

ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް މާދަމާ ރ.އަތޮޅުގައި ފަށާނެކަން ޓްރާސްޕޯރޓް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. ޚިދުމަތް ރ.އަތޮޅުގައި ފަށާ ތާރީޚު ފަސްވަމުން އައިސް މިމަހުގެ ނިޔަލަށް ޚިދުމަތް ފަށާނެކަން ކުރިން ވަނީ އިއުލާނުކޮށްފައެވެ.

މިއަދު މިނިސްޓްރީން ވިދާޅުވީ މާދަމާ އިން ފެށިގެން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ރ.އަތޮޅުގައި ހިލޭ އާރުޓީއެލްގެ ޚިދުމަތް ލިބޭ ކަމަށެވެ. އެއީ ޚިދުމަތަށް އަހުލުވެރިވުމުގެ ގޮތުންކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެހެން އަތޮޅުތަކުގައި ޚިދުމަތް ފުރަތަމަ ފެށީ ހިލޭ ދަތުރުކުރުމުގެ ފުރުޞަތު ދިނުމަށްފަހުއެވެ.

ޓިކެޓް ވިއްކައިގެން ދަތުރުތައް ފަށާނީ ޖުލައި 3 ވަނަ ދުވަހުއެވެ. ޓިކެޓް ނެގެނީ އާރުޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށެވެ. ޚިދުމަތް ފެށުމުގެ ކުރިން ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ރ.އަތޮޅުގެ ރަށްތަކުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރ.އަތޮޅުގައި ޚިދުމަތް ފެށުމުން ޒޯން 2 ގެ ތިން އަތޮޅުގައި ޚިދުމަތް ފެށޭނެއެވެ. މީގެކުރިން ޅ.އަތޮޅާއި ނ.އަތޮޅުގައި ވަނީ ޚިދުމަތް ފަށާފައެވެ. ނ.އަތޮޅުގައި ފެށީ މިސަރުކާރުންނެވެ. އެއާއެކު 10 އަތޮޅުގައި ޚިދުމަތް ފެށުނީއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މުޅިރާއްޖޭގައި ޚިދުމަތް ފެށުމެވެ. ޖުލައި މަހުގެ ނިޔަލަށް ބ.އަތޮޅުގައި ޚިދުމަތް ފަށަން ވަނީ ނިންމާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement