މެޒޯ މުޙައްމަދު ނިޔާވެއްޖެ
ރާއްޖޭގެ މަޝްހޫރު މިޔުޒީޝަން މެޒޯ މުހައްމަދު:ފޮޓޯ-އެމްވީ ކްރައިސިސް

މެޒޯ މުޙައްމަދު ނިޔާވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވި

2 months ago - 17:15
Feb 12, 2025 - 18:05
Advertisement
Advertisement

ރާއްޖޭގެ މަޝްހޫރު މިއުޒީޝަން އަދި ލަވަކިއުންތެރިޔާ މުޙައްމަދު މާޖިދު (މެޒޯ) ނިޔާވެއްޖެއެވެ. މެޒޯ މުޙައްމަދު ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. ނިޔާވީ ސިއްޙީ ހާލަތު ގޯސްވެ އިމަޖެންސީގައި ފަރުވާދެނިކޮށެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 60 އަހަރުގައި މެޒޯ މޯޑް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައިވާ ކަމަށް އެނގިފައި ވެ އެވެ.

މެޒޯ މުޙައްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ، މުޙައްމަދު މާޖިދު (މެޒޯ މުޙައްމަދު) ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރައްވާ ކަމަށެވެ.

" މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މުޙައްމަދު މާޖިދު ލަހައްޓަވާށިއެވެ. އާމީން." 

Advertisement
Advertisement

މެޒޯ މޯޑު ނިޔާވުމާ ގުޅިގެން މިއުޒިކީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކުވެސް ދަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އަދި މިއީ މިއުޒިކް އިންޑަސްޓްރީ އަށް ހިތާމަވެރި ދުވަހެއް ކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ބުންޏެވެ.

މެޒޯ މޯޑަކީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ އެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement