ލޭންޑިންގ ކްރާފްޓް ބަނޑުންޖަހާލި ހާދިސާގައި ގެއްލުނު ޤައުމީ ދިފާއީ ބާރުގެ އޮފިސަރު ނިޔާވެއްޖެ
ހާދިސާގައި ނިޔާވި އޮފިސަރު

ލޭންޑިންގ ކްރާފްޓް ބަނޑުންޖަހާލި ހާދިސާގައި ގެއްލުނު ޤައުމީ ދިފާއީ ބާރުގެ އޮފިސަރު ނިޔާވެއްޖެ

4 hours ago - 15:11
Jun 25, 2025 - 15:12
Advertisement
Advertisement

މިއަދު ހެނދުނު ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ ސިފައިންގެ ލޭންޑިން ކްރާފްޓް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޯދަން އޭރިއާގެ ޑައިވަރުން ފީނައިގެން ހޯދީ ޤައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސަރ 2, އަލީ ހާމިދު އެވެ. 

އެމްއެންޑީއެފް އިން ބުނީ ވޮރަންޓް އޮފިސަރ 2, އަލީ ހާމިދު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މައުލުމާތު ދީފައިވާ ކަމަށެވެ. އަދި ގެއްލުނު އަނެއް މީހާ ހޯދުމުގެ މަސައްކަތް  މިހާރުވެސް ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ސިވެކް ގެ 'އެލްސީ 308' ގެ ލޭންޑިން ކްރާންފްޓް މާލެއިން ފުރައިންގެން ލ. އަތޮޅަށް ކުރި ދަތުރުގައި 6 މީހަކު ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ ދެ އޮފިރަކާއި, ތިން ބިދޭސީންގެ އިތުރުން ދިވެއްސެކެވެ.

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެވަގުތުން ފެށިގެން ކަނޑާއި ވައިގެ މަގުން އުޅަނދު ލޮކޭޓްކޮށް އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރަން މަސައްކަތް ފަށާފައިވާކަމާށް އެމްއެންޑީއެފުން ވަނީ ބުނެފައވެ.

Advertisement
Advertisement

މި ހާދިސާގައި ނިޔާވި ސިފައިންގެ އޮފިސަރުގެ މަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖުގައި ޝަރަފުވެރިކަމާއެކު 27 އަހަރު ދިވެހިޤާއުމީ ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި ވޮރަންޓް އޮފިސަރ 2, އަލީ ޙާމިދު ވަކިވެގެން ދިއުމަކީ އެމަކިނުފާނަށް ވަރަށް ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމެއްކަމަށް ވަނީ ވިދާޅުވެފައވެ. އަދި އަލީ ހާމިދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ހިދުމަތުގައި ހުންނަަވަނިކޮށް ކަމަށް ވަނީ ވިދާޅުވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement