އިނގިރޭސިވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް

އިނގިރޭސިވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް

15 hours ago - 19:37
Advertisement
Advertisement

އިނގިރޭސިވިލާތަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައި އޮތްއިރު، މިއަހަރުގެ މިހާތަނަށް އެ ޤައުމުން 101,391 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ %7.6 އެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.


ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 3 ޤައުމުތަކުގެ ތެރޭގައި، ޗައިނާ (232,148)، ރަޝިއާ (188,543) އަދި އިނގިރޭސިވިލާތް (101,391) އެެވެ. އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 2023 ވަނަ އަހަރު އިނގިރޭސިވިލާތުން ޖުމްލަ 201,797 ފަތުރުވެރިން އައިސްފައިވެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ބަދަލުތަކެއް އައިސް، އޭގެ އަސަރު ރާއްޖެއަށް ކުރިނަމަވެސް، މިއަހަރު ނިމޭއިރު ފަތުރުވެރިންގެ އަދަދު ދަށްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ދެއްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement