ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
ފަނޑިޔާރު ހުސައިން ޝަހީދު / ފޮޓޯ: ހައިކޯޓް

ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

14 days ago - 12:18
Mar 19, 2025 - 12:20
Advertisement
Advertisement

ސުޕްރީމް ކޯޓުގެ ބެންޗަށް ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ވަނީ ޝަހީދު  ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ފެންނަކަމަށް ފާސްކޮށްފައެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އޭނާގެ ނަން މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެމައްސަލަ ޖުޑިޝަރީ ކޮމިޓީން އިއްޔެ ދިރާސާ ކުރެއްވުމަށްފަހު މައްސަލައިގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހަޅައި ބަހުސްކުރެއްވުމަށް ފަހުގައެވެ.

ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވެސް ހާސިލުކުރައްވާފައިވެއެވެ.

Advertisement
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް މީހަކު ހަމަޖައްސާފައި މިވަނީ އޭސީސީން ބަލަމުން ދިޔަ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމުމާއި ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement