މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާސިމް އަލް ހަކީމްގެ ދަރުސްތަކެއް ރާއްޖޭގައި ބާއްވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާސިމް އަލް ހަކީމްގެ ދަރުސްތަކެއް ރާއްޖޭގައި ބާއްވަނީ

2 hours ago - 16:26
Advertisement
Advertisement

ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ ދީނީ އިލްމުވެރިޔާ ޝައިޚް އާސިމް އަލް ހަކީމް، 8 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މި މަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.


ޝައިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަންނަވަނީ "ދަ ޓްރެވަލާ" ގްރޫޕުގެ ހާއްސަ އިސްނެގުމަކަށެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ފަސް ސިޓީއެއްގައި ދީނީ ދަރުސް ދެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ޝައިޚްގެ ދަރުސްތައް ކުރިއަށްދާނެއެވެ.


ޝައިޚް އާސިމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ދަރުސްތައް ފެއްޓެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކުޅުދުއްފުށި ސިޓީގައެވެ. އޭގެ ފަހުން މި މަހުގެ 29 ވަނަ ދުވަހުގެ ރޭ މާލޭގައި ދަރުސް ދެއްވުމަށްފަހު، 30 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.


މީގެ އިތުރުން، އަންނަ މަހުގެ އެއްވަނަ ދުވަހު ފުވައްމުލައް ސިޓީގައި ދަރުސް ދެއްވުމަށްފަހު، ދެވަނަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ދަރުސް ދެއްވާނެއެވެ. "ދަ ޓްރެވަލާ" ގްރޫޕުން މައުލޫމާތު ދޭ ގޮތުގައި، މި ދަރުސްތަކުގެ ތެރެއިން އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.


ޝައިޚް އާސިމް އަލް ހަކީމަކީ ބައިނަލްއަގުވާމީ ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް، އިނގިރޭސި ބަހުން ދީނީ އިލްމު ފެތުރުއްވުމުގައި ފާހަގަކޮށްލެވޭ، ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ އިލްމުވެރިއެކެވެ. އޭނާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement