2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ދިވެހިންނަށް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖައްސައިފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ދިވެހިންނަށް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖައްސައިފި

2 hours ago - 21:38
Advertisement
Advertisement

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ދިވެހިންނަށް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މީޑިއާނެޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު، ކުރިއަށް އޮތް ވޯލްޑް ކަޕްގެ މެޗުތައް ލައިވްކޮށް ހިލޭ ދިވެހިންނަށް ފެންނާނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ޒުވާނުންނަށް ދެއްވާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.


މި މުބާރާތުގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓިން ލައިސަންސް ހޯދާފައިވަނީ މީޑިއާނެޓުންނެވެ. މީޑިއާނެޓުގެ ހެޑް އޮފް ރެޒިޑެންޝަލް ސޭލްސް، ޙުސެއިން ސަމްޢާން ވިދާޅުވީ، މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއާއެކު ސީދާ އެއްބަސްވުމެއް ހަދައި، މުބާރާތުގެ ޑިސްޓްރިބިއުޝަންގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.


2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާނެ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގައި 48 ގައުމަކުން ބައިވެރިވާއިރު، ޖުމްލަ 100 އަށްވުރެ ގިނަ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެޗުތައް ކުޅޭ ގަޑިތަކަށް ބަލާއިރު، ރާއްޖެ ގަޑިން މެންދަމުން ފެށިގެން ފަތިހާއި ހެނދުނުގެ ވަގުތުތަކުގައިވެސް މެޗުތައް ކުރިއަށްދާނެއެވެ.


ރާއްޖޭގައި މީގެ ކުރިން ވޯލްޑް ކަޕްގެ މެޗުތައް އާންމުކޮށް ލައިވްކޮށް ދައްކަމުން އައީ ދައުލަތުގެ މީޑިއާ، ޓީވީއެމް މެދުވެރިކޮށެވެ. ނަމަވެސް މިފަހަރުގެ މުބާރާތް ޕީއެސްއެމް އާއި މީޑިއާނެޓް ގުޅިގެން ގެނެސްދިނުމަށް ނިންމުމަކީ ފުޓްބޯޅައަށް ލޯބިކުރާ ދިވެހިންނަށް ލިބިގެންދިޔަ ބޮޑު އުފަލެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement