ހުޅުމާލެ ހޮސްޕިޓަލްވެސް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހުޅުވައިފި
ރައީސް މުއިއްޒު ހުޅުމާލެ ހޮސްޕިޓަލް ހުޅުއްވައިދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލްވެސް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހުޅުވައިފި

1 year ago - 19:21
Nov 16, 2024 - 19:21
Advertisement
Advertisement

ހުޅުމާލެ ހޮސްޕިޓަލު ވެސް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހުޅުވައިފިއެވެ. ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

އެހޮސްޕިޓަލް މިއަދު ހުޅުވީ އަލަށް ތަޢާރަފްކުރި ޚިދުމަތްތަކާއެކު، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައެވެ. ހުޅުމާލެ ހޮސްޕިޓަލް ހުޅުވީ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ.، އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ޚިދުމަތްތަކާއެކު އެވެ.

މި ޚިދުމަތްތަކާއެކު ހޮސްޕިޓަލް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ. އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ބައްލަވާލައްވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިންގ ލައިސަންސްވެސް މިއަދު ވަނީ އެ ހޮސްޕިޓަލާ ހަވާލުކޮށްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްވެސް ވަނީ ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ޚިދުމަތްތައް ތަރައްޤީކޮށް ރަސްމީކޮށް ހުޅުވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement