ރައީސުލްޖުމްހޫރިއްޔާ 3 ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި
މިއަދު ފަތްކޮޅު ދެއްވި ތިން ސަފީރުންނާ ރައީސް ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ 3 ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި

މިއަދު އައްޔަން ކުރެއްވީ، ބަންގްލަދޭޝް، ތުރުކިޔޭ އަދި ޕާކިސްތާން އަށް

2 months ago - 20:59

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފިއެވެ.

ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި އަލްއުސްތާޛު މުޙައްމަދު ޠާހާ މިއެވެ.

މި ތިން ބޭފުޅުންވެސް ސަފީރުކަމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow