ސަޕްލައި  ދޯނި ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެކަކު ނިޔާވެއްޖެ: ފުލުހުން
ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން އާއްމުކޮށްފައިވާ ފޮޓޯ

ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެކަކު ނިޔާވެއްޖެ: ފުލުހުން

8 months ago - 11:47
Aug 7, 2025 - 11:52
Advertisement
Advertisement

ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯނި ކުމުންދޫ ކައިރިން ބަންޑުން ޖަހާލައި ހިނގި ހާދިސާއެއްގައި އޭގެން ދަތުރުކުރި މީހަކު ނިޔާވެއްޖެއެވެ. 

ދޯނިން ދަތުރުކުރި 4 މީހުންގެ ތެރެއިން ނިޔާވީ 66 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ ސަލާމަތުން ކުޅުދުއްފުށި ސިޓީއަށް ގެންދިޔަ ފަހުންނެވެ. އޭނާ ނިޔާވީ  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު 10:30 ހާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެއިދާރާއަށް ލިބުނީ މިއަދު ހެނދުނު 8:55 ހާއިރު ކަމަށެވެ. އެ ދޯނިން ދަތުރިކޮށްފައިވަނީ  ދެ ދިވެހިންނާއި ދެ ބިދޭސީން ނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އެމްއެންޑީއެފުން މީގެ ކުރިން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު ހދ. ކުމުންދޫ ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އަނިޔާވި ދެމީހަކަށް ފަރުވާ ދިނުމަށް ކުޅުދުއްފުށްޓަށް ގެންދަން ޖެހެނު ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement