ބަންކަރިންގެ ޚިދުމަތުން ރާއްޖެއަށް 1.39 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ވަޒީރު ސަޢީދު

ބަންކަރިންގެ ޚިދުމަތުން ރާއްޖެއަށް 1.39 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ވަޒީރު ސަޢީދު

4 hours ago - 20:54
Advertisement
Advertisement

ރާއްޖޭގައި އަލަށް ފެށި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 1.39 ބިލިއަން ރުފިޔާގެ (90.07 މިލިއަން އެމެރިކާ ޑޮލަރު) އާމްދަނީއެއް ދަޢުލަތަށް ހޯދިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.


ވަޒީރު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް މިއަދުގެ ޖަލްސާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.


މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ކަނޑުއޮޅިތަކުން ދަތުރުކުރާ ބައިނަލްއަޤްވާމީ ބޯޓުފަހަރުގެ އަދަދާއި، އޭގެއިން ލިބެން އޮތް އިޤްތިޞާދީ މަންފާތަކުގެ ވާހަކައަކީ ވޭތުވެދިޔަ އެކި ސަރުކާރުތަކުން އަބަދުވެސް ދައްކަމުން އައި ވާހަކަތަކެއް ކަމަށެވެ. ނަމަވެސް މި ސަރުކާރު ތަފާތުވެފައިވަނީ، ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި މި ޚިދުމަތް ޢަމަލީ ގޮތުން ފަށައި ކާމިޔާބީ ހާސިލުކުރަން ފެށުމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.


"ފަޚުރުވެރިކަމާއެކު އަޅުގަނޑު މި ދަންނަވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަދި ދެ ބޯޓު ގެނެސްގެން ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށީމަ ނޫންތޯ މިއަދު 90.07 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އެ ލިބުނީ. ރުފިޔާއިން ބަލައިފި ކަމަށްވަންޏާ 1.39 ބިލިއަން ރުފިޔާ އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތުން މިއޮތީ ހޯދިފަ ނޫންތޯ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.


ވަޒީރު އިތުރަށް ވިދާޅުވީ ބޮޑެތި ކަންކަން ހާސިލުވާނީ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި މި ސަރުކާރާ ޙަވާލުވިއިރު ވާރުތަވި އިޤްތިޞާދީ ދަތި ހާލަތުން ޤައުމު ސަލާމަތްކޮށް، ބަންކަރިންގެ ޚިދުމަތުން މިފަދަ ބޮޑު އާމްދަނީއެއް ހޯދުމަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމުގައި ވެސް ވިދާޅުވިއެވެ. މީގެއިތުރުން، އެސްޓީއޯގެ އަހަރީ ފައިދާގެ ވާހަކަ ދައްކާއިރު، އެންމެ ފައިދާވާ އެއް ޚިދުމަތެއްގެ ގޮތުގައި އެ ކުންފުނިން ވެސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި ޚިދުމަތް ދެމުން ގެންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެންނެވެ. މި މަސައްކަތުގައި އެސްޓީއޯއިން މިހާރު ތިން ބޯޓެއް ބޭނުންކުރަމުން އަންނައިރު، އޭގެ ތެރޭގައި އެމްއެސްއެސް އިން އޮޕަރޭޓްކުރާ 'ވައިސީ ބެރިއަރ' ގެ އިތުރުން 4،000 މެޓްރިކް ޓަނު އަދި 3،200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ހިމެނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement