
ކެފޭއެއްގެ ބިއްލާރިގަނޑު ތަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މިދިޔަ އާދިއްތަ ދުވަހު ކެފޭއެއްގެ ބިއްލާރިގަނޑު ތަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. އެމައްސަލައިގައި ފުލުހުން ހައްޔަރުކުރީ މ.ސްޓާ/ މުޙައްމަދު ރަޒީން (49އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއަދު ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ރަޒީން ތަޅާލީ އިރަމާ މަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ގަނޑެވެ. ކެފޭގައި މީހުންވެސް ތިއްބާ, އޭނާ އެކަން ކުރީ ހެނދުނު ވަގުތުއެވެ. ފުލުހުންނަށް ރިޕޯރޓް ކުރީ އެދުވަހު ހެނދުނު 8:56 ހާއިރު އެވެ. އޭނާ އެތަނުގެ ބިއްލާރުގަނޑު ތަޅާލާ މަންޒަރުގެ ސީސީޓީވީ ވީޑިއޯވެސް ވަނީ ޢާއްމުވެފައެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






