ޝަރީއަތުގައި އޮތް މައްސަލައަކަށް ނުފޫޒު ފޯރުވާ މައްސަލާގައި މީހަކު ހައްޔަރުކޮށް, އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފި
ފުލުހުން މިކަމާ ގުޅިގެން ފުޅާ އޮޕަރޭޝަނެއް ހިންފި: ފޮޓޯ-ފުލުހުން

ޝަރީއަތުގައި އޮތް މައްސަލައަކަށް ނުފޫޒު ފޯރުވާ މައްސަލާގައި މީހަކު ހައްޔަރުކޮށް, އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފި

8 months ago - 21:07
Sep 11, 2025 - 21:07
Advertisement
Advertisement

ޝަރީއަތުގައި އޮތް މައްސަލައަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިއަދު މާލޭގައި ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށް, އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފިއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކޯޓް އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކޮށް, ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން މިމައްސަލާގައި ތުހުމަތުތަ އިތުރު ދެމީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނަކީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް އެއިދާރާއިން މިއަދު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement