އާ ސީޒަން ފެށުން މާދަމާރޭ
މާޒިޔާ ކޯޗާއި އީގަލްސް ކޯޗު މެޗާގުޅޭ ގޮތުން ވާހަކަދައްކަނީ: ފޮޓޯ-މާޒިޔާ

އާ ސީޒަން ފެށުން މާދަމާރޭ

3 hours ago - 19:22
Sep 14, 2025 - 19:23

 

ރާއްޖޭގެ ފުޓްބޯޅައިގެ އާސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު މާދަމާރޭ ކުޅެން ތައްޔާރުވެއްޖެއެވެ.

ސީޒަން ފަށާ މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާއާއ ލީގުގެ ދެވަނަ އީގަލްސްއެވެ. މިއީ 2023 ވަނަ އަހަރަށްފަހު ޗެރިޓީ ޝީލްޑް ކުޅޭ ފުރަތަމަ ފަހަރެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ބޯޅަ ނުކުޅެ އާ ސީޒަން ފަށާއިރު އެންމެ ރަނގަޅު ހާލަތެއްގައި އޮތީ މާޒިޔާއެވެ.

މާޒިޔާ ވަނީ ކަލަންޑަރުން ބޭރުން ބޭއްވި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭގެ ފަހުން އޭއެފްސީގެ މުބާރާތުގައި ވާދަކުރިއެވެ. ޕްރެކްޓިސް ކުރާތާ މަސްތަކެއް ވެފައިވުމުން ހުރިހާ ގޮތަކުންވެސް ރަނގަޅު ހާލަތުގައި އޮތީ މާޒިޔާއެވެ. އެކަން އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) ވެސް ފާހަގަކުރިއެވެ.

Advertisement
Advertisement

ނިމާ ބުނީ ފާއިތުވި ދޮޅި އަހަރެއްހާ ދުވަހު ރާއްޖޭގެ ބޯޅަ އޮތީވެސް މާޒިޔާގެ ސަބަބުން ކަމަށާއި, ސީޒަން ފަށަން ނިކުންނަން މިޖެހުނީވެސް އެޓީމާ ދެކޮޅަށް ކަމަށެވެ. އީގަލްސްގައި އަނިޔާއާއި ފިޓްނަސްގެ މައްސަލަތައްވެސް ހުރި ކަމަށާއި މެޗަށް ތައްޔާރު ނޫންކަމަށް ނިމާ ބުންޏެވެ. ނަމަވެސް އީގަލްސްގެ ވަރުން މޮޅުވާން ކުރެވެން ހުރި މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

މާޒިޔާގެ ކޯޗު ސްޕެއިންގެ ހެނާންޑޭޒް ބުނީ މޮޅުވުން ނޫން ވިސްނުމެއް ނެތްކަމަށެވެ. ސީޒަން ފެށުމަކީ ރާއްޖޭގެ ބޯޅައަށް އޮތް ހިތްހަމަޖެހުމެއްކަން އޭނާ ފާހަގަކުރިއެވެ. މެޗު ކުޅޭނީ މާދަމާ ރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow