އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި

އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި

1 hour ago - 15:12
Advertisement
Advertisement

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އިސްވެރިޔާ ނުވަތަ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި މަގާމަށް އޭނާ ހަމަޖައްސަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.


މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުން 2016 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެންސީޓީސީއަކީ، ރާއްޖޭގައި ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށާއި، ގައުމީ ސަލާމަތަށް ކުރިމަތިވާ އެފަދަ ނުރައްކާތަކުން ދިވެހިރާއްޖެ ދިފާއުކޮށް ރައްކާތެރިކުރުމުގެ މުހިންމު ޒިންމާތަކެއް އަދާކުރަމުން އަންނަ މައި އިދާރާއެވެ.


މި މަގާމަށް އައްޔަންކުރެއްވި މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގައި 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އެމްއެންޑީއެފްގެ އެންމެ މަތީ މަގާމު ކަމުގައިވާ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވުމަށްފަހު، އަސްކަރީ ހިދުމަތުން އޭނާ ރިޓަޔާ ކުރެއްވީ 9 ފެބްރުއަރީ 2012 ގައެވެ.


ހާއްސަކޮށް، 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތްކުރުމަށްޓަކައި މޫސާ އަލީ ޖަލީލް ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކޮށް، ނޮވެމްބަރު ތިނެއްގެ މެޑެއްޔާއި ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނޭހެން ޝަރަފުގެ ގިނަ މެޑެލްތަކެއް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.
މީގެއިތުރުން، ގައުމަށް ކޮށްދެއްވި މަތިވެރި ހިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މޫސާ އަލީ ޖަލީލަށް ދައުލަތުގެ މަތިވެރި އިއްޒަތެއް ކަމަށްވާ "ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް" (ނ.އ.ވ.އ) ވެސް އަރުވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement