ކުރިއަށް އޮތް ހަތަރު މަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭނެކަމަށް ލަފާކޮށްފި

ކުރިއަށް އޮތް ހަތަރު މަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭނެކަމަށް ލަފާކޮށްފި

56 minutes ago - 19:50
Advertisement
Advertisement

މިއަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.


މެޓް އޮފީހުން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން، ކުރިއަށް އޮތް ހަތަރު މަސްދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑެވެ. މި ލަފާކުރުންތަކަކީ ސަރަހައްދީ މޫސުމީ ރިޕޯޓުތަކަށް ބިނާކޮށް އެކުލަވާލާފައިވާ މައުލޫމާތުތަކެކެވެ.
ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ. މިއީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަމެއް ކަމަށް މޫސުމީ މާހިރުން ފާހަގަކުރައްވައެވެ.


ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭވެހި މޫސުން ގޯސްވެފައެވެ. ގަދަ ހޫނަކަށްފަހު ފެށުނު މި ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ މެޓް އޮފީހުން ދަނީ ކަނޑައެޅޭ ވަކި ސަރަހައްދުތަކަށް މޫސުމީ ސަމާލުތައްވެސް ނެރެމުންނެވެ.


މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވުމާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement