ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝާމިލްވާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާއްމުކޮށްފި
މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން: ފޮޓޯ-ފުލުހުން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝާމިލްވާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާއްމުކޮށްފި

1 year ago - 05:32
Mar 24, 2025 - 05:32
Advertisement
Advertisement

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝާމިލްވާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

މަގާމްގެ ނާޖާއިޒު ފައިދާ ނަގައިގެން ބިދޭސީން އަތުން  ގިނަ އަދަދެއްގެ ފައިސާ ހޯދާ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދުގެ އިތުރުން ހަތަރު މީހެކެވެ. އެހަތަރު މީހުންނަކީ ތ.ބުރުނި, މޫނިމާގެ މުޙައްމަދު އަލްސަން އިސްމާއީލް އާއި, ގ.ހެޕީސައިޑް  އިބްރާހީމް އަހުމަދު އާއި ހަމަ އެގޭ ހަސަން ސަހެޝާން އެވެ. އެތިން މީހުން ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުގެ ރެއެވެ.

މައްސަލައިގައި ދެން ހައްޔަރުކުރީ މ.ހަޒާރީ ވިލާ އަހުމަދު ލައްސާން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިއަދުއެވެ.  

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެއެންމެންވެސް ތިބީ ކޯޓުން މުއްދަތު ޖަހާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement