މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވި ނަމަވެސް ގޯއްޗާއި ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވި ނަމަވެސް ގޯއްޗާއި ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

1 hour ago - 19:42
Advertisement
Advertisement

މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވި ނަމަވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގޯއްޗާއި ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލުތަކަށް މިއަދު ބަދަލު ގެނެސްފިއެވެ.


މި ސަރުކާރުގެ "ގެދޮރުވެރިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މީގެކުރިން އޮންނަ ގޮތުން، މާލެއަށް ރަށްވެހިކަން ބަދަލުކުރާ ފަރާތްތަކަށް ބޯހިޔާވަހިކަމަށް އެދި ފުރުސަތު ލިބެނީ މާލޭގައި ރަށްވެހިވިތާ އެއް އަހަރު ފުރިހަމަވުމުންނެވެ.


ނަމަވެސް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ހާމަކުރި ގޮތުގައި، މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވި ކަމުގައިވިޔަސް، މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް މިހާރު ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.


އެ މިނިސްޓްރީން ބުނި ގޮތުގައި، މި ފުރުސަތުގެ ބޭނުން ހިފާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާއިރު، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތަކާއި، މާލޭގެ ރަށްވެއްސަކަށް ބަދަލުވި ތާރީޚު އެނގޭނެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.


ބޯހިޔާވަހިކަމުގެ މި ފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، ސަރުކާރުން އަންނަނީ ދޭތެރެއަކުން މި އުސޫލުތަކަށް ލުއިތަކެއް ދެމުންނެވެ. މިގޮތުން، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެކުރިން ވިދާޅުވެފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި ޝަރުތުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަމުންދާ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement