އެއްދުވަސް ތެރޭގައި ޣައްޒާ ސިޓީން 6000 އަށް ވުރެ ގިނަ މީހުން ވިއްސި ވިހާލި ކޮށްލައިފި
ސުންނާފަތިވެފައިވާ ޣައްޒާ ސިޓީގައި ޣައްޒާގެ ރައްޔިތުންތަކެއް. ފޮޓޯ: އަލީޖާދުالله, ޣައްޒާ

އެއްދުވަސް ތެރޭގައި ޣައްޒާ ސިޓީން 6000 އަށް ވުރެ ގިނަ މީހުން ވިއްސި ވިހާލި ކޮށްލައިފި

ޣައްޒާ ސިޓީގައި އަދިވެސް 900,000 އެއްހާ މީހުން އެބަތިބި

3 hours ago - 11:40
Sep 14, 2025 - 11:46

ޔަހޫދީ ދައުލަތުގެ ސިފައިން ޣައްޒާ ސިޓީގައި ހިންގަމުންގެންދާ  އެ ސިޓީ ހިފުމުގެ ވަރުގަދަ އުދުވާނަށް ދެ ހަފްތާ ވެގެންދިޔައިރު އިއްޔެ އަކީ ޣައްޒާގެ ރައްޔިތުންނަށް ވޭންބޮޑު ދުވަހެކެވެ. ރާވައިގެން އުސް އިމާރާތްތަކަށް ބޮންއަޅަމުންގޮސް އާންމުން ހިމާޔަތް ހޯދައިގެންތިބި އަންރްވާގެ ސްކޫލްތަކަށާއި ޓެންޓްތަކަށް އިއްޔެ ބޮންއަޅާ 6,000 ށް ވުރެ ގިނަ މީހުން ވަނީ މަގުމަތިކޮށްލާ ވިއްސި ވިހާލި ކޮށްލާފައެވެ. 

އިއްޔެގެ ހަމަލާތަކުގައި އެސަރަހައްދުން އެކަނިވެސް 49 މީހަކު ވަނީ ޣައްޒާ ސިޓީން ޝަހީދުކޮށްލާފައެވެ. އިއްޔެ މުޅި ޖުމްލަ ޣައްޒާއިން ވަނީ 62 މީހަކު ޝަހީދުކޮށްލާފައެވެެ.

"ޣައްޒާ ސިޓީގައި މީޙުން މިހާރު ދިރިއުޅެމުންދަނީ ވަރަށް ދަތި, ބިރުވެރި ހާލަތެއްގައި. ހުއްޓުމެއްނެތި ބޮންއަޅަމުން ދަނީ. ރައްކާތެރިކަމެއް ލިބޭތޯ ދެކުނު އަލް-މަވާސީ އަށް ދަތުރުކުރި އެތައްބަޔަކު އަނބުރާ އަތުވެއްޖެ އެތަނުގައި ފައިޖައްސާލާނެ ތަންކޮޅެއް ނެތިގެން" ފަލަޞްޠީނު  މަދަނީ ދިފާއުގެ ތަރުޖަމާނު މަޙްމޫދު ބަސަލް ވިދާޅުވިއެވެ.

އިޒްރާއިލްއިން ވަނީ ޣައްޒާ ސިޓީން މީހުން އެއްކޮށް ނިކުތުމުގެ ވަރުގަދަ އަމުރުތަކެއް ނެރެފައެވެ. ނަމަވެސް ހައިހޫނު ކަމުގެ އިންތިހާގައި ދިރިއުޅޭ ރައްޔިތުން އެތަން ދޫކޮށް ދާނެ ވަކި އެހެންތަނެއް ޣައްޒާގެ ބިމުގައެއް ނެތެވެ.

Advertisement
Advertisement

ޣައްޒާ ސިޓީން ރިޕޯޓްކުރި އަލް ޖަޒީރާގެ ނޫސްވެރިޔާ ހާނީ މަޙްމޫދު ބުނިގޮތުގައި އިޒްރާއިލްގެ ފައިޓަރ ޖެޓްތަކުން ކޮންމެ 10 މިނިޓަކުން ކަހަލަ ގޮތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދެއެވެ. މީހުން ދިރިއުޅޭ އިމާރާތްތަކަށާއި, ސަރުކާރުގެ އިމާރާތްތަކަށްވެސް މެއެވެ. އެހެންކަމުން ސިޓީ ދޫކޮށް މީހުން ދިއުމުގައިވެސް ރައްކާތެރިކަމެއް ނެތްކަމަށް އޭނާ ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow