
އެފްޓީއޭގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓުކުރަން ފަށަނީ
ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން، އެންސިސް ފިޝަރީޒްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރާއްޖެ-ޗައިނާ އެފްޓީއޭގެ ދަށުން، ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ހުރިހާ ބާވަތަކަށް ޑިއުޓީ މާފުވާނެއެވެ. މީގެ ތެރޭގައި ތާޒާ، ފިނިކޮށްފައި އަދި ގަނޑުކޮށްފައި ހުންނަ ކަޅުބިލަމަހާއި ފާނައިގެ ބާވަތްތަކާއި، ކަންނެލީގެ ބާވަތްތަކާއި މަސްދަޅު، ވަޅޯ މަސް، ލޮނު މަސް އަދި އެހެނިހެން ސީފުޑްގެ ބާވަތްތައް ހިމެނެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެ ވުޒާރާއިން މިހާރުވެސް ދަނީ ޗައިނާގެ އެހީގައި އެންމެ ޒަމާނީ މަސްކަނދުފަތިތައް އެޅުމުގެ ޕްރޮގްރާމެއްވެސް ހިންގަމުންނެވެ.
ރިއެކްޝަންސް






