
އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށިއްޖެ! ޣައްޒާ ރަމަޞާން މަހަށް ތައްޔާރުވަނީ
ހަމާސް އާއި އިޒްރާއިލްއާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް މިޞްރުގެ ވެރިރަށް ކައިރޯގައި ފެށިއްޖެއެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.
ހަމަލާތައް ކަނޑާލާފައިވާތާ ހަ ހަފުތާ ނިމިގެންދާއިރު ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޞާން މަހެވެ. ޓެންޓްތަކުގައި އަދި ހަލާކުވެފައިވާ ގެތަކުގެތެރޭގައި ޣައްޒާގެ ރައްޔިތުން ދަނީ ރަމަޞާން މަހަށް ތައްޔާރު ވުމުގެ ގޮތުން ދިރިއުޅޭ ސަރަޙައްދު ޒީނަތްތެރިކުރަމުންނެވެ.
ނާޒުކު ފުތަރަމަ ފިޔަވައްސަކަށް ފަހު މަޝްވާރާތައް ކުރިއަށް ގެންދަން ދެފަރާތް އެއްބަސްވާ އަލިމަގެއް ފެނޭތޯ ކުރާ މަސައްކަތުގައި އިޒްރާއިލްގެ އޮފިޝަލުންވެސް ބައިވެރިވާކަށް މިޞްރުން ވަނީ ކަށަވަރުކޮށްދީފައެވެ.
15 މަސްދުވަހުގެ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާގެ މަގުތަކުގައި އުފެދިފައިވާ އެތައްހާސް ޓަނެއްގެ ގާފުނިތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ދިދަ ފައްޗާއި ބޮކި ދަމާ ސަގާފީ ކާބީތަކެތިން ސަރަޙައްދު ދަނީ އެއްވަސްކުރަމުންނެވެ.
އެއީ ހަނގުރާމައިގެ ކުރިންވެސް އާދަކާދައިގެ މަތިން ކޮންމެ ރަމަޞާން މަހަކަށް ޣާއްޒާއިން ތައްޔާރުވާ ގޮތެވެ. ނަމަވެސް ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާ އާއި, ގަދަ ފިންޏާއި, ތަދު މަޑުކަމުގެ ސަބަބަން ގިނަ ބަޔަކު ތިބީ އެކަމުގައި ބައިވެރިވެވޭގޮތް ނުވެފައެވެ.
ބިރާ ސިހުމުގެ ތެރޭގައިވެސް ޣައްޒާގެ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އަޙްވަންތަކަމާއި, އެއްބައިވަންތަ ކަމުގެ ރޫޙެވެ. ރަމަޞާން މަހަށް ހާއްސަ ބޮކިފަތިތައް ފިހާރަތަކުން ލިބެންހުރި ވަރަކުން ވިއްކަމުންދާއިރު ސަގާފީ ރަހައެއް ކަމަށްވާ ކަދާއިފް މަގުތައް މަތީ ތައްޔާރުކުރަނީއެވެ. އުފާވެރިކަމުގެ ރާޅެއްހެން ކުޑަކުދިން ގާފުނިތައްމަތީ ކުޅެ, މަޖާކުރަނީ އެވެ. މާދަމާވެސް ހަނގުރާމަ އަލުންފަށާފާނެކަން އެނގިތިބެމެވެސް އެމީހުން ބޭނުންވަނީ ރަމަޞާން މަހަށް އެމީހުން ކުރިން ތައްޔާރުވީ ވުން މިއަދު ކުރެވެން އޮތް ގޮތަށް ކުރާށެވެ.
ރިއެކްޝަންސް






