ދަޢުލަތެއްގެ ގޮތުގައި ފަލަޞްޠީން ބަލައިނުގަންނަނަމަ ހަނގުރާމައަށް ފަހު ޣައްޒާގެ ޕްލޭނަށް އެއްބާރުލުން ނުދޭނެކަމަށް ޔޫއޭއީން ބުނެފި
ޔޫއޭއީގެ ހާރިޖީ ވަޒީރު

ދަޢުލަތެއްގެ ގޮތުގައި ފަލަޞްޠީން ބަލައިނުގަންނަނަމަ ހަނގުރާމައަށް ފަހު ޣައްޒާގެ ޕްލޭނަށް އެއްބާރުލުން ނުދޭނެކަމަށް ޔޫއޭއީން ބުނެފި

6 days ago - 15:41
Sep 15, 2024 - 15:42

ފަލަސްޠީންގެ ދަޢުލަތް އުފެދުމުން ނޫނީ ހަނގުރާމައަށް ފަހު ޣައްޒާއާ މެދު އަމަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭން ކުރިއަށް ގެންދަން އިޒްރާއިލްއަށް އެއްބާރުލުން ނުދޭނެކަމަށް އެކުވެރި ޢަރަބި އިމާރާތުން (ޔޫއޭއީ) ބުނެފިއެވެ.

ޔޫއޭއީން މިހެންބުނީ އެޤައުމުގެ ޚާރިޖީ ވަޒީރު ޢަބްދުالله ބިން ޒައެދު އަލް ނަޙްޔާން އެކްސްގައި ހޮނިހިރުދުވަހު ކުރެއްވި ޕޯސްޓެއްގައެވެ. ޢަބްދުالله ބިން ޒައެދު އަލް ނަޙްޔާން އަކީ ޔޫއޭއީގެ ބޮޑުވަޒީގެ ނައިބުވެސް މެއެވެ. އެއީ ޔޫއޭއީގެ ފައުންޑަރ, ޒައެދް ބިން ޞުލްޠާން ބިން އަލް ނަޙްޔާންގެ ދަރިކަލުންނެވެ. 

މޭމަހު އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމަ ނިމުމުން ޣައްޒާ އާމެދު ގެންގުޅޭ ތަޞައްވުރު ހާމަކޮށްފައެވެ. އޭގައި ބުނާގޮތުން އެ ޕްލޭން ނިމުމުން ފަލަސްޠީނުގެ ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

ނަތަންޔާހޫގެ ޕްލޭންގައި ޣައްޒާގެ ހާބަރުތަކާއި, އިއާދަކުރަނިވި ހަކަތަ އަދި ކާރު އުފެއްދުމާއި, ޣައްޒާއިން އަލަށް ފެނުނު ގޭހުގެ ރިޒާވްއަށް އިންވެސްޓް ކުރާނެގޮތް ހިމަނާފައިވެއެވެ. ޕްލޭންގައި ތިން މަރުޙަލާއެއް ހިމެނޭ އިރު ޕްލޭންގެ މުއްދަތު ކަމަށް ބުނެފައި ވަނީ "ކަނޑައެޅިގެން ބުނަންނޭނގޭ" ހަނގުރާމާ ހުއްޓާލާ ދުވަހުން ފެށިގެން 2035 އާ ހަމައަށެވެ.

Advertisement

މަގުޗާޓު ބުނާގޮތުން މި ޕްލޭން ހިންގާނީ ޣައްޒާއަކީ އިޒްރާއިލްއިން ހިފާފައިވާ, އަދި އިޒްރާއިލްގެ ބާރުގެ ދަށުގައިވާ ތަނެއްގެ ގޮތުގައެވެ. އަދި ޕްލޭން ސުޕަވައިޒް ކުރާނީ ޔޫއޭއީ, ސަޢުދި އެރޭބިއާ, މިޞްރު, ބަޙްރެއިން, ޢުރުދުން އަދި މޮރޮކޯ (މަޤްރިބްކަރަ) ހިމެނޭ ކޯލިޝަނަކުން ކަމުގައެވެ.

މި ޕްލޭން އިޢުލާންކުރުމާއެކު ޔޫއޭއީން ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޢަބްދުالله ވިދާޅުވެފައިވާ ގޮތުގައި އިޒްރާއިލްއަށް އެފަދަ ނިންމުމެއް ނިންމޭނެ ޤާނޫނީ ޙައިސިއްޔަތެއް ނެތެވެ. އަދި އެއާ އެއްފަދަ ނިންމުމެއްވެސް އިޒްރާއިލްއަށް ނުނިއްމޭނެ ކަމަށާއި, ޣައްޒާގެ ޕްލޭނާ ގުޅޭގޮތުން ޔޫއޭއީގެ ސަރުކާރާ އެއްވެސް ވަރަކަށް މަޝްވަރާވެސް ކޮށްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން އަހަރެމެން ދެކޮޅުހަދަން އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންދާ ކަންކަން ފޮރުވުމުގެ ގޮތުން ހިންގާ އެއްވެސް އަމަލެއްގައި ބައިވެރިވާންވެސް. ފަލަޞްޠީނުގައި ދިރިއުޅޭ އަހަރެމެންގެ އަޙުންގެ އުއްމީދުތަކާ އެކު އެމީހުން އެދޭފަދަ ފަލަޞްޠީނުގެ މިނިވަން މުސްތަޤިއްލު ދަޢުލަތް އުފެދުމުން ޔޫއޭއީން މިތިބީ އެމީހުން އެދޭ ކޮންމެ އެދުމެއް ފުރިހަމަކޮށްދޭން ބޭނުންވާ ފުރިހަމަ އެހީތެރިކަން ދިނުމަށް ތައްޔާރަށް" ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 

ޖުލައިމަހު ޔޫއޭއީން ވަނީ ޣައްޒާގެ ޙާލަތާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ވަގުތީ މިޝަންއެއްގެ ބޭނުން ބޮޑުކަން ހާމަކޮށްފައެވެ. އެއީ ހަނގުރާމައަށްފަހު ސުންނާފަތިވެފައިވާ ޣައްޒާގެ އިންސާނީ ޙާލަތަށް ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. 

އިޒްރާއިލްއިން ޣައްޒާއަށް މެދުނުކެނޑި ހަމަލާ ދެމުންދާތާ އަހަރެއްވާން ދެތިން ހަފުތާއަށް ވެފައިވާއިރު ފަލަޞްޠީނުގެ 41,182 މީހުން މަރާލާފައިވާކަމަށް ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން ވަނީ ރިޕޯރޓް ކޮށްފައެވެ. އަދި 95,280 މީހުން ޒަޚަމްވެފައިވާއިރު, އަބާދީގެ 3/2 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. މިއާއެކު ދިރިއުޅުން ވިއްސިވިހާލި ވެފައިވާ 1.3 މީހުން ދިރިއުޅެމުންދަނީ ޓެންޓްތަކާއި ރެފިއުޖީ ކޭމްޕްތަކުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow