ގޯތި އެއްބަސްވުން ބަދަލުކުރަނީ ކުރީގެ އެއްބަސްވުން ޤާނޫނާ ފުށުއަރާތީ- މުއްޠަލިބު
ގުޅިފަޅު: ފޮޓޯ-ގެދޮރުވެރިކަމާބެހޭ ވަޒީރު

ގޯތި އެއްބަސްވުން ބަދަލުކުރަނީ ކުރީގެ އެއްބަސްވުން ޤާނޫނާ ފުށުއަރާތީ- މުއްޠަލިބު

4 hours ago - 11:33
Jul 7, 2025 - 11:33
Advertisement
Advertisement

ގޯތި އެއްބަސްވުން ބަދަލުކުރަނީ ކުރީގެ އެއްބަސްވުން ޤާނޫނާ ފުށުއަރާތީ ކަމަށް ގެދޮރިވެރިކަމާބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ގުޅިފަޅުން ގޯތި ލިބުނު މީހުންނާއެކު އަލުން އެއްބަސްވުން ހަދާއިރު އެއްބަސްވުމަށް ބަދަލުގެނެސްފައިވާތީ އެކަންބޮޑުވުން އެމީހުން ފާޅުކުރަން ފެށުމުންނެވެ.

ގުޅިފަޅުން ގޯތި ލިބުނު މީހުންނާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން ފެށީ ލޭންދް ޔޫޒް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގޯތި ލިބޭ ތަން ބަދަލުވުމުންނެވެ. އެއާއެކު އާ ރަޖިސްޓްރީ ހަވާލުކުރުމަށާއި, އެއްބަސްވުމުގައި ސޮއިކުރަން އެޕޮއިންޓްމަންޓް ހެދުމަށް މިނިސްޓްރީން ހުޅުވާލިއެވެ. ނަމަވެސް އާ އެއްބަސްވުމުގައި ވާގޮތުން މާލެފިޔަވާ އެހެން ރަށެއްގައި ބިމެއް ނުވަތަ ގޯއްޗެއް އޮތަސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބެއެވެ. ކުރިން ލިބިފައިވާ ގޯތި ދޫކޮށްލަން ޖެހެއެވެ. އެކަމަކު ބިންވެރިޔާ ސްކީމުން ގޯތި ދިންއިރު ޝަރުތަކަށް އޮތީ މާލެ ސަރަހައްދުގައި އެހެން ގޯއްޗެއް ނެތުމެވެ.

މިނިސްޓަރ މުއްޠަލިބު މިއަދު ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށެވެ.

ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެމާއްދާ ހިއްސާކުރައްވާފައެވެ. އެމާއްދާގެ ހ.ގައި ބުނަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ, ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެ, ނުވަތަ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއް, ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށެވެ.

Advertisement
Advertisement

އެޤާނޫނުގެ ނ.ގައި ބުނަނީ މިޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެއްވެސް މީހަކަށް އެއްރަށަކުން, ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދޫނުކުރެވޭނެ ކަމަށެވެ. އަދި ގޯތި ލިބިފައިވާ ރަށް ނޫން އެހެން ރަށަކުންވެސް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ބުނެފައި ވެއެވެ. އެވެސް ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement