ސައްހަނޫން ސްލިޕް ފޮނުވައިގެން ތަކުރާރުކޮށް ވިޔަފާރިކުރި ޒައިދާން  ހައްޔަރުކޮށްފި
މައްސަލައިގައި ހައްޔަރުކުރި ޒައިދާން

ސައްހަނޫން ސްލިޕް ފޮނުވައިގެން ތަކުރާރުކޮށް ވިޔަފާރިކުރި ޒައިދާން ހައްޔަރުކޮށްފި

މައްސަލައިގައި ބަނގްލަދޭޝްގެ އަންހެނެއްވެސް ހައްޔަރުކުރި

6 hours ago - 11:12
Jun 22, 2025 - 11:12
Advertisement
Advertisement

ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން ތަކުރާރުކޮށް ވިޔަފާރިކުރި ޒައިދާން މުޙައްމަދު ހާޝިލް ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ވިދާޅުވީ ޒައިދާންގެ އިތުރުން ބަނގްލަދޭޝްގެ އަފްރިން އަކްތަރު ވެސް އެމައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެދެމީހުން ހައްޔަރުކުރީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އެދެމީހުން ހައްޔަރުކުރީ މިއަހަރުގެ މެއި މަހުގެ އެކި ދުވަސްމަތީން ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލައިގައެވެ. އެއީ މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ފުލުހުން ވިދާޅުވީ އެއިދާރާއިން ބެލިބެލުމުން ޒައިދާން މުޙައްމަދު ހާޝިމް، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި އެ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36,467 ރުފިޔާގެ ތަކެތި މަކަރާއި ހީލަތުން ހުޅުމާލޭގައި ހުންނަ ފިހާރައިން ހޯދާފައިވާކަމާއި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31,150 ރުފިޔާގެ ތަކެތީގެ އިތުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5,817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި، ޒައިދާން މުޙައްމަދު ހާޝިމް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި އަފްރިން އަކްތަރު، ފަސް ދުވަހަށް ބަންދުކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރެވެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement