ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވައިފި
ރައީސް މުުއިއްޒު ފަލަސްޠީނުގެ ރައީސްއާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވައިފި

24 days ago - 08:45
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފަލަސްޠީނުގެ ރައީސް ޑރ.މަހުމޫދު ޢައްބާސްއާ ބައްދަލުކުރައްވައިފިއެވެ.

އދ.ގެ ޢާއްމު މަޖިލިހުގެ ބައްދަލުވުމަށް ވަޑައިގެން, ހަވާސާގައި ފަލަސްޠީނުގެ ރައީސްއާ ބައްދަލުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ މީޑިޔާތަކާވެސް ވާހަކަ ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ސަޕޯރޓް އަބަދުވެސް އޮތީ ފަލަސްޠީނުގެ ރައްޔިތުންނަށް ކަމަށެވެ. އަދި އަބަދުވެސް, ކޮންމެ ތަނެއްގައިވެސް ދިވެހިން އަޑުއުފުލާނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި, ފަލަސްޠީނުގެ ދިފައުގައި ކަމަށް ވިދާޅުވިއެވެ.

" މިނޫނ  ވިސްނުމެއް ދިވެހިންގެ ނެތް" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އިޒްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް ފަލަސްޠީނުގެ ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.

Advertisement

https://x.com/presidencymv/status/1838384834277957783

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހިން އަބަދުވެސް ބޭނުންވަނީ ފަލަސްޠީނު މިނިވަން ގައުމެއްގެ ގޮތުގައި, މިނިވަން ދައުލަތެއްގައި ގޮތުގައި އޮތުން ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްޠީނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

ފަލަސްޠީނަށް އެހީވުމަށް ރައީސް މުއިއްޒު އިސްނަންގަވާ ވަނީ ބޮޑު ޓެލެތޯނެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެޓެލެތޯނުން 19 މިލިނަނަށްވުރެ ގިނަ ރުފިޔާ ހޯދިއެވެ. އަދި ޒަކާތު ފަންޑުން ފަލަސްޠީނަށް އެހީ ހަވާލުކުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement